ޚަބަރު

އޮޅުވާލައިގެން ރާއްޖެ އެތެރެވާން އުޅުނު ތިން މީހަކު ހިފަހައްޓައިފި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ޝަހްސު އޮޅުވާލައިގެން ރާއްޖެ އެތެރެވާން އުޅުނު ތިން މީހަކު އިމިގްރޭޝަނުން ހިފަހައްޓައިފިއެވެ.

އެކަން ހާމަ ކުރައްވަމުން އިމިގްރޭޝަނުން މިރޭ ކުރި ޓުވީޓެއްގައި ވިދާޅުވީ ޕާސްޕޯޓް ނަކަލުކޮށްގެން ރާއްޖެއަށް ދެ މީހަކު އެތެރެވުމަށް މަސައްކަތްކޮށްފައިވާ ކަމަށާއި އެއީ އުމުރުން 21 އަހަރުގެ އަންހެނަކާއި 47 އަހަރުގެ ބިދޭސީ އަންހެނުންތަކެއް ކަމަށް އިމިގްރޭޝަނުން ތަކެއް ކަމަށެވެ. މި ދެ އަންހެނުން ގެ އިތުރުން ވައްތަރު މީހެއްގެ ރެސިޑެންޓް ކާޑު ބޭނުންކޮށް އޮޅުވާލައިގެން ރާއްޖެ އެތެރެވުމަށް މަސައްކަތްކުރި ބިދޭސީއަކު ވެސް އިމިގްރޭޝަނުން ވަނީ ހުއްޓުވާފައެވެ. އެއީ ވެސް އަންހެނެއް ކަމަށާއި އެމީހާގެ އުމުރުން 24 އަހަރު ކަމަށް ވެސް އިމިގްރޭޝަނުން ވިދާޅުވެފައިވެއެވެ.

ޝަޚްސު އޮޅުވާލައިގެން ގިނަ ބަޔަކު މީގެ ކުރިން ވެސް ވަނީ ރާއްޖެ އެތެރެވެވޭތޯ މަސައްކަތް ކޮށްފައެވެ. އެފަދަ މީހުން އިމިގްރޭޝަނުން ވަނީ ހިފަހައްޓާފައި، އަނބުރާ ފޮނުވާލާފައެވެ.

 

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!