ޚަބަރު

ކޯވިޑް-19: ކުޅުދުއްފުށި ސިޓީގެ އިތުރުން 21 ރަށަކަށް މަންޑޭ އެހީވެއްޖެ

ދެން އެމްވީ ، ދެން އޮންލައިން

ކޯވިޑް-19 އާ ގުޅިގެން ރާއްޖޭގެ ހުރިހާ ރަށަކަށް އެހީތެރިވުމުގެ ގޮތުން ޒުވާން ވިޔަފާރިވެރިޔާ ހަސަން މަމްދޫހު (މަންޑޭ) ފައްޓަވާފައިވާ އެހީގެ ޕްރޮގްރާމްގެ ތެރެއިން އިތުރު ބައެއް ރަށްރަށަށް ސެނިޓައިޒާ، މާސްކް ގެ އިތުރުން އަންގި ހަދިޔާ ކޮށްފި އެވެ.

Ads by Sosun Fihaara

ކޭޕާކް ރެސިޑެންސްގެ އޮފީހުގައި މިރޭ ބޭއްވި ރަސްމިއްޔާތު ތަކެއްގައި ކުޅުދުއްފުށި ސިޓީގެ އިތުރުން 21 ރަށަކަށް މާސްކާއި ސެނިޓައިޒާ އާއި އަންގި ހަވާލުކޮށްފައެވެ.

މިރޭ ސެނިޓައިޒާ އާއި މާސްކާއި އަންގި ހަަދިޔާ ކުރި ރަށްތަކުގެ ތެރޭގައި ހިމެނެނީ ކުޅުދުއްފުށީ ސިޓީ އާއި މާލެ އަތޮޅުން ގާފަރާއި ތުލުސްދޫ އާއި ހިންމަފުއްޓާއި ކާށިދޫ އާއި ހުރަ އާއި ގުޅި އާއި ގުރައިދޫ އާއި މާފުއްޓާއި ދިއްފުށީގެ އިތުރުން ގދ. މަޑަވެއްޔާއި ބ. މާޅޮހާއި ނ. މާފަރާއި ނ. މަނަދޫ އާއި ޅ. ކުރެންދޫ އާއި ތ. ކަނޑޫދޫ އާއި ފ. ބިލަތްދޫ އާއި ގދ. ނަޑައްލާ އާއި ލ. ކުނަހަންދޫ އާއި ފ. މަގޫދޫ އާއި އެ އަތޮަޅު ފީއައްޔާއި ށ. ނަރުދޫ އެވެ.

މިރޭ ތަކެތި ހަދިޔާ ކުރި ރަށްތަކުގެ ތެރެއިން ކޮންމެ ރަށަކަށް ވެސް 500 މާސްކާއި 100 އަންގި އާއި 48 ފުޅި ސެނިޓައިޒާ ހަދިޔާ ކޮށްފައި ވެއެވެ. އަދި ބައެއް ރަށް ރަށަށްް 200 އަންގި ހަދިޔާކޮށްފައިވެއެވެ.


މި ރަސްމިސްޔާތުގައި ވާހަކަ ދައްކަވަމުން މަންޑޭ ވިދާޅުވީ، މީގެ ދެ ހަފުތާ ކުރީން އޭނާ ފެއްޓެވި އެހީގެ ޕްރޮގްރާމްގައި މިހާރު ރާއްޖޭގެ 30 ޕަސެންޓް ރަށްރަށް ކަވަރު ކުރެވިފައިވާ ކަމަށާއި ކުރިޔަށް އޮތް ހަފުތާއެއްހާ ދުވަހުގެ ތެރޭގައި މުޅި ރާއްޖޭގެ ހުރިހާ ރަށަކަށް މާސްކާއި ސެނެޓައިޒާގެ އިތުރުން ބޭނުންވާ ވަރަށް އަންގި ފޯރު ކޮށް ދެއްވާނެ ކަމަށެވެ.

"އިތުރަށް ބޭނުންވާ ކަމަށް ކަމަށްވާންޏާ އެހީ ދެވަނަ ބުރެއް ވެސް ފަށާނަން. އަޅުގަނޑު މި ބަލަނީ އަދި ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށަކަށް މި އެހީތެރިކަން ފޯރުކޮށް ދެވޭނެ ކަމަށް. އަޅުގަނޑުގެ އަމާޒަކީ މި ޕްރޮގްރާމުގައި އެހީ ނުލިބޭ އެއްވެސް ރަށެއް ނެތުން،" މަންޑޭ ވިދާޅުވި އެވެ.

މިރޭގެ ރަސްމިއްޔާތުތަކުގައި ބައިވެރިވި ރަށްތަކަށް މަންޑޭގެ ފަރާތްޕުޅުން މާސްކާއި ސެނިޓައިޒާ ހަވާލުކޮށް ދެއްވީ ހަމްބޯ ކުންފުންޏާއި ކޭޕާކް ރެސިޑެންސްގެ ބައެއް އިސް އޮފިޝަލުންނެވެ. މިރޭ ބައިވެރިވޭވޭ ގޮތް ނުވީ ތިން ރަށަކުންނެވެ. އެ ރަށްރަށަށް މާދަމާ ވަކީން ހަވާލު ކުރާނެ އެވެ.

މީގެ ކުރިން ވެސް މަންޑޭ ވަނީ އައްޑޫ ސިޓީގެ ރަށްރަށާއި ހއ. ހދ. އާއި ށ. އަތޮޅާއި ރ. އަތޮޅާއި ބ. އަތޮޅާއި ގއ، ގދ. ބައެއް ރަށްރަށާއި ސަރުކާރުގެ ބައެއް އިދާރާތަކާއި ދައުލަތުގެ ބައެއް މުއައްސަސާތަކާއި ސަރުކާރުގެ މައި ހޮސްޕިޓަލް އައިޖީއެމްއެޗާއި އެންއީއޯސީގެ އިތުރުން ގައުމީ ދިފާއީ ބާރަށް ވެސް މާސްކާއި ސެނިޓައިޒާ އާއި އެހެނިހެން ސާމާނާއި އާލާތް ވަނީ ހާދިޔާ ކޮށްފަ އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!