ޚަބަރު

އާބާދީ އިތުރުވަމުންދާތީ ހުޅުމާލެ ހޮސްޕިޓަލް އިތުރަށް ތަރައްގީ ކުރަނީ

ދެން އެމްވީ ، ދެން އޮންލައިން

ހުޅުމާލޭގެ އާބާދީ ބޮޑުތަނުން އިތުރުވަމުންދާތީ އެކަމަށް ރިއާޔަތްކޮށް ހުޅުމާލެ ހޮސްޕިޓަލް އިތުރަށް ތަރައްގީކުރަން އާސަންދަ ކުންފުނިން ނިންމައިފިއެވެ.

Ads by STELCO

އާސަންދަ ކުންފުނީގެ އޮފިޝަލަކު ވިދާޅުވީ ހުޅުމާލެ ހޮސްޕިޓަލް އެކްސްޓެންޑް ކުރުމުގެ ޕްލޭން ތައްޔާރުކުރަމުން އަންނަ ކަމަށެވެ. އެގޮތުން ހުޅުމާލެ އަކީ ގިނައިން އެކްސިޑެންޓް ހިނގަމުން އަންނަ ތަނަކަށް ވާތީ އެކްސިޑެންޓްގައި އަނިޔާ ލިބޭ މީހުންނަށް ފަރުވާ ދެވޭނެ ފުރިހަމަ ނިޒާމެއް ގާއިމް ކުރުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އޮފިޝަލް ވިދާޅުވިއެވެ.

އެ ހޮސްޕިޓަލްގައި އިތުރަށް ފުޅާކުރަން ނިންމާފައިވާ ޚިދުމަތްތަކުގެ ތެރޭގައި ކުޑަކުދިންގެ ބަލިތަކާއި ދަތުގެ ފަރުވާގެ ޚިދުމަތާއި ކަރުންމަތީގެ ޚާއްސަ ފަރުވާތައް ހިމެނޭ ކަމަށް އާސަންދަ ކުންފުނީގެ އޮފިޝަލް ވިދާޅުވިއެވެ.

އޮފިޝަލް ވިދާޅުވީ އަންހެނުންގެ ބަލިތަކާއި ވިހެމުގެ ޚިދުމަތް ރަނގަޅު ފެންވަރެއްގައި ދިނުމުގެ އިންތިޒާމް ވެސް ހަމަޖެހިގެންދާނެ ކަމަށެވެ.

އަންނަ އަހަރުގެ ކުރީކޮޅު އައިސީޔޫ އާއި އެންއައިސީޔޫއެއް އެ ހޮސްޕިޓަލްގައި ހުޅުވުމަށް ވެސް މިހާރު އަންނަނީ ތައްޔާރުވަމުންނެވެ.

މީގެއިތުރުން ވަރަށް އަވަހަށް އެ ހޮސްޕިޓަލްގައި 12 ޕްރައިވެޓް ވޯޓު ހުޅުވާނެ ކަމަށް ވެސް އާސަންދަ ކުންފުނިން ބުންޏެވެ.

Ads by PNC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!