ޚަބަރު

ﷲއަށް ހަމްދު ހުރި، އިތުރު 6 މީހަކަށް ކޮވިޑް19 އިން ޝިފާ ލިބިއްޖެ

ދެން އެމްވީ ، ދެން އޮންލައިން

ކޮވިޑް19 ޖެހުނު އިތުރު 6 މީހަކު ބަލިން މުޅިން ރަނގަޅުވެއްޖެއެވެ. އެއާއެކު ރާއްޖޭގައި ކޮވިޑް19 ޖެހުނު މީހުންގެ ތެރެއިން ޖުމްލަ 80 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. މިކަން ހާމަކޮށްފައިވަނީ ހެލްތް މިނިސްޓްރީ ގެ ކޮވިޑް19 ޑޭޝްބޯޑް ގައެވެ.

Ads by STELCO

އިއްޔެ ވެސް 15 މީހަކު ވަނީ ބަލިން މުޅިން ރަނގަޅުވެފައެވެ. އޭގެތެރޭގައި ހިމެނެނީ 4 އަންހެނުންނާއި 11 ފިރިހެނުންނެވެ. އަދި އެއީ ހަތް ދިވެހިންނާއި ބަންގްލަދޭޝްއަށް ނިސްބަތްވާ އަށް މީހުން ކަމަށް ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވިއެވެ.

ކޮވިޑުން ރަނގަޅުވިކަމަށް ޑޮކްޓަރުން ނިންމަނީ އަލާމާތްތައް ރަނގަޅުވެ ދެފަހަރަށް ޓެސްޓްކޮށް ނަތީޖާ ނައްސިވުމުންނެވެ.

ރާއްޖެ އިން މިހާތަނަށް 1,106 މީހަކު ކޮވިޑް-19 އަށް ފައްސިވެފައިވާ އިރު، މިވަގުތު ފަރުވާދެމުން ދަނީ 1,020 މީހުންނަށެވެ. އަދި 4 މީހުން ވަނީ މި ބަލީގައި ނިޔާވެފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!