ޚަބަރު

ގެއްލިގެން ހޯދަމުންދިޔަ ޑިންގީ އޮޔާ ދަނިކޮށް ފެނިއްޖެ


ބ. ކުޑަރިކިލު ކައިރިން ދަތުރުކުރަމުންދިޔަ ޔޮޓެއްގައި ބޭނުންކުރަމުންދިޔަ ޑިންގީއެއް ގެއްލިގެން ހޯދަމުންދަނިކޮށް ފެނިއްޖެއެވެ.

އެމްއެންޑީއެފުން ބުނީ "މިސް ސްކައި" ނަމަކަށް ކިޔާ ޔޮޓެއްގައި ބޭނުން ކުރަމުންދިޔަ އެ ޑިންގީ ފެނިފައިވަނީ ބ. މަތިވަރަދޫ ކައިރިން ކަމަށެވެ. އަދި އެ ޑިންގީ ފެނިފައި ވަނީ އޮޔާދަނިކޮށް، ނައުޝިއަސް ރިސޯޓުގެ އުޅަނދަކަށް ކަމަށް އެމްއެންޑީއެފް އިން ބުނެއެވެ.

މި ހާދިސާގެ ރިޕޯޓު ލިބިފައިވަނީ މިއަދު ހެނދުނު 7:15 ހާއިރު ކަމަށާއި ޑިންގީ ގެއްލިފައިވާ ކަމަށް ބެލެވެނީ ފަތިހު 5:30 ހާއިރު ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

އެ ޑިންގީއަކީ ދަތުރުކުރަމުންދިޔަ ޔޮޓުގައި ކަފުޖަހާގައި އޮތް ޑިންގީއެކެވެ. އެ ޑިންގީ ގެއްލުނުއިރު އޭގައި އެއްވެސް މީހަކު ނެތެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!