ބޭނުންވާ ތަކެތި:

Ads by Sosun Fihaara

250 ގ ފުއް

150 ގ ހަކުރު

170 ގ ބަޓަރު / މާޖިރިން

1 ޖޯޑް މޭބިސްކަދުރު

5 ބިސް

2 މޭޒުމަތީ ސަމުސާ ކޮފީ

1 ސައިސަމުސާ ބޭކިންގ ޕައިޑަރ

3 މޭޒުމަތީ ސަމުސާ ގެރިކިރު

1 ސައިސަމުސާ ވެނީލާ އެސެންސް

ތައްޔާރުކުރާން ގޮތް:

ފުރަތަމަ ފުށާއި ބޭކިންގ ޕައުޑަރ އަދި ކޮފީ އެއްކޮށް ފުރާނާލާފައި ބަހައްޓާށެވެ. ދެން ބަޓަރު/ މާޖިރިންގ ހަކުރާއި އެއްކޮށްލުމަށްފަހު ބިހަކާއި ފަހަރަކު ކުޑަފުށްކޮޅަކާއި އެއްކޮށް އޮލަވަންދެން ގިރާލާށެވެ. ދެން އެސެންސް އަދި މޭބިސްކަދުރު އެއްކޮށްލާފައި ޓްރޭއެއްގައި ބަޓަރު ހާކާލާފައި ތައްޔާރުކުރި ފުށްގަނޑު އަޅާލުމަށްފަހު އަވަނުން ފިހެލާށެވެ. ކޭކް ފިހެވުމުން ގާނިޝްކޮށްލުމަށް އައިސިން ޕައުޑަރ ނުވަތަ ކޮކޯ ޕަޑަރުން ޑަސްޓް ކޮށްލާށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!