ޚަބަރު

ނިއު ނޯލަމްގައި ފަތުރުވެރިކަން ހުޅުވާލުމާ ގުޅޭ ގޮތުން މަޖިލީހުގެ ލަފަޔަކަށް އެދިއްޖެ

ދެން އެމްވީ ، ދެން އޮންލައިން

ކޮވިޑްގެ ބަލިމަޑުކަމަށް ފަހު ނިއު ނޯމަލްގައި ރާއްޖެ ހުޅުވާލާ އިރު، ފަތުރުވެރިކަން ކުރިޔަށް ގެންދާނެ ގޮތްތަކާއި ގުޅޭ ގޮތުން ޓޫރިޒަމް މިނިސްޓްރީން އެކުލަވާލާފައިވާ "ސޭފް ޓޫރިޒަމް ގައިޑްލައިން" އާއި ގުޅޭ ގޮތުން ރައްޔިތުން މަޖިލީހުގެ ލަފަޔަކަށް އެދިއްޖެއެވެ.

ކޮވިޑް19 ގެ ހާލަތުން އަރައިގަނެ ނިއު ނޯމަލްގައި ރާއްޖޭގެ ބޯޑަރު ހުޅުވާލާއިރު ޓޫރިޒަމް މިނިސްޓްރީން ވަނީ ގިނަ ކަންތައްތަކެއް ހުށަހަޅާފައެވެ. އެގޮތުން ނިއު ނޯމަލްގައި ރާއްޖޭގެ ބޯޑަރު ހުޅުވާލާއިރު ރާއްޖެ އަންނަ ޖެޓް ތަކުގެ ލޭންޑިން ފީގެ ގޮތުގައި 50،000 ޑޮލަރު ނެގުމަށް ވަނީ ހިމަނާފައެވެ.

ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް ފޮނުއްވާފައިވާ ސިޓީފުޅުގައި ވަނީ ފަތުރުވެރިކަން އަލުން ހުޅުވާލުމުގެ މުހިއްމު ކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އަދި ޓޫރިޒަމް މިނިސްޓްރީން އެކުލަވާލާފައިވާ ގައިޑްލައިން އެކުލަވާލުމުގައި ދުނިޔޭގެ އެހެނިހެން ގައުމުތައް އެކަމުގައި ގެންގުޅޭ މިންގަނޑުތަކާއި ޑަބްލިއުއެޗްއޯގެ ގައިޑްލައިންތަކާއި ޑަބްލިއުޓީއޯގެ ލަފަޔާއި އިރުޝާދާއި އާއްމުންގެ ސަލާމަތާއި ރައްކާތެރިކަމުގެ މިންގަނޑުތަކަށް ބަލާފައިވާނެ ކަމަށް ވިދާޅުވިއެވެ.

އަންނަ ޖޫން މަހު ރާއްޖެ އަލުން ފަތުރުވެރިކަމަށް ހުޅުވާލާއިރު އެންމެ ފުރަތަމަ ހުޅުވާލަނީ ޕްރައިވެޓު ޖެޓުން އަންނަ ފަތުރުވެރިންނާއި ސުޕާ ޔޮޓްތަކަށެވެ. އެގޮތުން ރާއްޖެ އަންނަ ޖެޓްތަކުން ލޭންޑިން ފީއަކަށް 50،000 ޑޮލަރު އަދި ސުޕަޔޮޓްތަކުން ރާއްޖެ ވަންނަން 10،000 ޑޮލަރު ދައްކަން ޖެހޭނެ ކަމަށް ޑްރާފްޓް ގައިޑްލައިންގައިވެ އެވެ.

މިނިސްޓްރީގެ ގައިޑްލައިންގައިވާ ގޮތުން ރިސޯޓުތައް ހުޅުވާލުމަށް ނިންމާފައިވަނީ ޖުލައި 1 ވަނަ ދުވަހުން ފެށިގެންނެވެ. އެގޮތުން ސޭފް ޓޫރިޒަމްގެ ލައިސަންސް ފީއެއްގެ ގޮތުގައި 50.000 ޑޮލަރުގެ ފީއެއް ނެގުމަށް ވަނީ ހިމަނާފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!