ޚަބަރު

ފުލުހުންގެ ބެލުމުގެ ދަށުގައި އޮތް ކަރަންޓު ރޮންދާއެއްގެ ވެރިފަރާތް ހޯދަނީ

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

ތަފާތު އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ބައެއް ތަކެތީގެ ވެރިފަރާތް ހޯދުމަށް ފުލުހުން އާންމުންގެ އެހީތެރިކަމަށް އެދިއްޖެއެވެ.

Ads by Sosun Fihaara

އެގޮތުން އެ ތަކެއްޗަކީ މާލޭގެ އެކި ސަރަހައްދުތަކުން ތުހުމަތު ކުރެވިގެން ހުއްޓުވައި ސުވާލުކުރި ބައެއް މީހުންގެ އަތުން ފެނިފައިވާ އެއްޗެހި ކަމަށް ފުލުހުން ވިދާޅުވެއެވެ. އަދި އެތަކެތީގެ ވެރިފަރާތް އެ މީހުންނަށް ބުނެދެވިފައި ނުވާތީ އެތަކެތި ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައި ކަމުގައި ވެސް ފުލުހުން ވިދާޅުވެއެވެ.

އެގޮތުން ފުލުހުންގެ އަތުގައި ހުރި ތަކެތީގެ މައުލޫމާތު ފުލުހުން ވަނީ ހިއްސާ ކޮށްފައެވެ. އެ ތަކެއްޗަކީ:

ޑިސެމްބަރު 7 ވަނަ ދުވަހު ހެންވޭރު ސަހަރާ ކައިރިން ތުހުމަތު ކުރެވިގެން ހުއްޓުވި މީހެއްގެ އަތުން ފެނިފައިވާ މަކިޓާ ބްރޭންޑްގެ ކަރަންޓު ރޮންދާއެއް ވަނީ ފެނިފައެވެ. އިންސިޑެންޓް ނަންބަރު(472305)

މީގެ އިތުުރުން މި މަހު 7 ވަނަ ދުވަހު އަމީނީމަގު، ހައުސިން މިިނިސްޓްރީ ކައިރިން ތުހުމަތު ކުރެވިގެން ހުއްޓުވި މީހެއްގެ އަތުންފެނިފައިވާ 28 ފޫޓުގެ ކަރަންޓު ކޭބަލް ފެނިފައިވާ ކަމަށް ވެސް ފުލުހުން ބުނެއެވެ. (އިންސިޑެންޓް ނަންބަރު 472382)

މިތަކެތީގެ ވެރިފަރާތުން ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުގެ ނަންބަރު 9631696 އަށް ގުޅުއްވައި އިންސިޑެންޓް ނަންބަރު ވިދާޅުވުމަށް ފުލުހުން ވަނީ އެދިފައެވެ. އަދި ކާކުކަން އެނގޭނެ ލިޔުމަކާއެކު ޝަހީދު ހުސެއިން އާދަމް ބިލްޑިންގ އަށް ހާޒިރުވެ ތަކެއްޗާ ހަވާލުވުމަށް ވެސް ވަނީ އެދިފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!