ޚަބަރު

މަންޑޭގެ ފަރާތުން އިތުރު 13 ރަށަކަށް 6500 މާސްކް އަދި 2500 އަންގި ހަދިޔާކޮށްފި!

ދެން އެމްވީ ، ދެން އޮންލައިން

ކޯވިޑް-19 އާ ގުޅިގެން ރާއްޖޭގެ ހުރިހާ ރަށަކަށް އެހީތެރިވުމުގެ ގޮތުން ޒުވާން ވިޔަފާރިވެރިޔާ ހަސަން މަމްދޫހު (މަންޑޭ) ފައްޓަވާފައިވާ އެހީގެ ޕްރޮގްރާމްގެ ތެރެއިން އިތުރު ބައެއް ރަށްރަށަށް ސެނިޓައިޒާ، މާސްކް ގެ އިތުރުން އަންގި ހަދިޔާ ކޮށްފި އެވެ.

Ads by Sosun Fihaara

ކޭޕާކް ރެސިޑެންސްގެ އޮފީހުގައި އަންގާރަ ދުވަހުގެ ރޭ ބޭއްވި ރަސްމިއްޔާތު ތަކެއްގައި 13 ރަށަކާއި އެއް ޖަމިއްޔާއަށް މާސްކާއި ސެނިޓައިޒާ އާއި އަންގި ހަވާލުކޮށްފައެވެ.

ސެނެޓައިޒާއާއި މާސްކް އަދި އަންގި ހަވާލުކުރި ރަށްތަކަކީ، ގދ.ހޯޑެއްދޫއާއި، ގދ.މަޑަވެލި، ގދ ނަޑެއްލާއާއި، ލ އަތޮޅުގެ 7 ރަށަށާއި، ވ.ކެޔޮދޫއާއި، ތ.ވިލުފުށީގެ އިތުރުން ނ.މާފަރަށެވެ. ލ.އަތޮޅުން މާސްކް އަދި އަންގި ހަވާލުކޮށްފައިވަނީ ގަން، ފޮނަދޫ، މާމެންދޫ، މާވަށް، ހިތަދޫ، މާބައިދޫގެ އިތުރުން ދަނބިދޫއަށެވެ. މީގެ އިތުރުން ލ.އަތޮޅުގައި ޚަރަކާތްތެރިވާ ޖަމިއްޔާއެއް ކަމުގައިވާ "ވިޒިޓް ލާމު އެޓޯލް" އަށްވެސް ވަނީ އެހީތެރިވެފައެވެ.


ރޭގެ ރަސްމިއްޔާތުތަކުގައި ބައިވެރިވި ރަށްތަކަށް މަންޑޭގެ ފަރާތްޕުޅުން މާސްކާއި ސެނިޓައިޒާ ހަވާލުކޮށް ދެއްވީ ހަމްބޯ ކުންފުންޏާއި ކޭޕާކް ރެސިޑެންސްގެ ބައެއް އިސް އޮފިޝަލުންނެވެ.

ދެން އޮންލައިނަށް މައުލޫމާތު ދެއްވަމުން މަންޑޭ ވިދާޅުވީ، ކުރިޔަސް އޮތް ހަފްތާގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށަކަށްވެސް އެހީތެރިވެ ދީ ނިންމާނެކަމަށެވެ.


މީގެ ކުރިން މަންޑޭ އެހީވެފައިވާ ރަށްތަކުގެ ތެރޭގައި، ކުޅުދުއްފުށީ ސިޓީ އާއި މާލެ އަތޮޅުން ގާފަރާއި ތުލުސްދޫ އާއި ހިންމަފުއްޓާއި ކާށިދޫ އާއި ހުރަ އާއި ގުޅި އާއި ގުރައިދޫ އާއި މާފުއްޓާއި ދިއްފުށީގެ އިތުރުން ގދ. މަޑަވެއްޔާއި ބ. މާޅޮހާއި ނ. މާފަރާއި ނ. މަނަދޫ އާއި ޅ. ކުރެންދޫ އާއި ތ. ކަނޑޫދޫ އާއި ފ. ބިލަތްދޫ އާއި ގދ. ނަޑައްލާ އާއި ލ. ކުނަހަންދޫ އާއި ފ. މަގޫދޫ އާއި އެ އަތޮަޅު ފީއައްޔާއި ށ. ނަރުދޫ ހިމެނެއެވެ.

މީގެ އިތުރުން، އައްޑޫ ސިޓީގެ ރަށްރަށާއި ހއ. ހދ. އާއި ށ. އަތޮޅާއި ރ. އަތޮޅާއި ބ. އަތޮޅާއި ގއ، ގދ. ބައެއް ރަށްރަށާއި ސަރުކާރުގެ ބައެއް އިދާރާތަކާއި ދައުލަތުގެ ބައެއް މުއައްސަސާތަކާއި ސަރުކާރުގެ މައި ހޮސްޕިޓަލް އައިޖީއެމްއެޗާއި އެންއީއޯސީގެ އިތުރުން ގައުމީ ދިފާއީ ބާރަށް ވެސް މާސްކާއި ސެނިޓައިޒާ އާއި އެހެނިހެން ސާމާނާއި އާލާތް ވަނީ ހާދިޔާ ކޮށްފަ އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!