ޚަބަރު

ގުރައިދޫ ގައި އިތުރު މީހަކަށް ހަމަލާދީފި

ދެން އެމްވީ ، ދެން އޮންލައިން

ތ. އަތޮޅު ގުރައިދޫގައި އިތުރު މީހަކަށް ހަމަލާ ދީފިއެވެ. ހަމަލާ ދީފައިވަނީ ބިދޭސީއަކަށެވެ.

އޭނާއަށް މިހާރު އަންނަނީ އެރަށު ސިއްޙީ މަރުކަޒުގައި ފަރުވާދެމުންނެވެ.

ބެލެވޭ ގޮތުގައި މިއީީ މިރޭ އެރަށުގައި ވަޅިން ހަމަލާދީ މަރާލި ބިދޭސީ މީހާ އާއި ގުޅުން ހުރި ސިލްސިލާ ހަމަލާއެކެވެ. މިރޭ ގުރައިދޫ ގައި ވަޅިން ހަަމަލާދީ މަރާލާފައިވަނީ އެރަށުގައި ދަނޑުވެރިކަން ކުރަން އުޅޭ ބިދޭސީ ފިރިހެނެކެވެ.

އެމީހާ މަރާލާފައި އެއްލާލާފައި ވަނީ އޭނާ ދިރިއުޅޭ ސައިޓުގެ ކުރިމަތީގައި ހުރި އެހެން ސައިޓެއްގެ ތެރެއަށެވެ. އޭނާ ގެ ކަރާއި ބަނޑަށް ވަޅިން ހަމަލާދީފައިވެއެވެ.

މި ހާދިސާއާ ގުޅިގެން ފުލުހުން ގެ ބަހެއް އަދި ނުލިބެއެވެ.

މިއީ ރާއްޖޭގައި މިއަހަރު ވަޅިން ހަމަލާދީ މަރާލި ފުރަތަމަ މީހާއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!