ލައިފްސްޓައިލް

ރެސިޕީ: ޗޮކްލެޓް ޓާޓް

ދެން އެމްވީ ، ދެން އޮންލައިން

ބޭނުންވާ ތަކެތި:

Ads by STELCO

1 ޖޯޑު ރޯސްޓަޑް ކެޝޫ ނަޓްސް ނުވަތަ ބޭނުން ވައްތަރެއްގެ ނަޓްސް

3 ޖޯޑު މާރީ ބިސްކޯދު

2/3 ޖޯޑު ބަޓަރު

1 ޖޯޑު ހަކުރު

½ ޖޯޑު ކޮކޯ ޕައުޑަރު

1 ޖޯޑު ފެން

ސައިސަމުސާ ވެނީލާ އެސެންސް

½ ޖޯޑު ޑާރކް ޗޮކްލޭޓް (ކުދިކޮށް ކޮށާފައި)

½ ޖޯޑު ހެވީ ކްރީމް (ހޫނުކޮށް)

ގާނިޝް ކޮށްލުމަށް ނަޓްސް ކޮޅެއް

ތައްޔާރުކުރާނެ ގޮތް:

މިކްސަރެއް ނަޓްކޮޅު މާރީ ބިސްކޯދު ފުނޑާލުމަށްފަހު އެއްފަރާތެއްގައި ބަހައްޓާލާށެވެ.

ތަވައެއްގައި ބަޓަރު، ވެނީލާ އެސެންސް،ފެން، ހަކުރު އަދި ކޮކޯ ޕައުޑަރު އެއްކޮށްލުމަށްފަހު މަޑުގިނީގައި ދޭފަތަކުން ހަލަމުން ކައްކާލާށެވެ. ބޮކި ޖަހަން ފެށުމުން އުނދުނުން ބޭލުމަށްފަހު އެއްފަރާތެއްގައި ބަހައްޓާލާށެވެ.

ތައްޓެއްގައި ކުރިން ފުނޑި ބިސްކޯދު މިކުސް އާއި ދެންމެ އެނދުނުން ބޭލި މިކުސް ރަނގަޅަށް އެއްކޮށްލާށެވެ. އެއަށްފަހު ޓްރޭއަކަށް މިމިކުސް އެޅުމަށްފަހު ޓްރޭގެ ފުލުގައި މިމިކްސް ދޭފަތަކުން ފަތުރާލާށެވެ. އެއަށްފަހު ސެޓް ކުރުމަށް ½1 ގަޑިއިރު ފްރިޖްގައި ބަހައްޓާލާށެވެ.

އެހެން ތައްޓެއްގައި ޑާރކް ޗޮކްލޭޓް އަދި ހެވީކްރީމް ރަނގަޅަށް އެއްކޮށްލާށެވެ. ހެވީކްރީމް އަޅަންވާނީ ހޫނުކޮށް ހުއްޓައެވެ. ރަނގަޅަށް ޗޮކްލެޓް ކުލަ އަރަންދެން މިކްސް ކޮށްލަންވާނެއެވެ.

އެއަށްފަހު ކުރިން ފްރިޖަށްލީ ޓްރޭ ނެގުމަށްފަހު މި ޗޮކްލޭޓްގަނޑު ކުރިން ފަތުރާފައި ހުރި ބިސްކޯދު މިކުސްގެ މަތީގައި ފަތުރާލާށެވެ. ގާނިޝް ކޮށްލުުމަށް ނަޓްސްތައް މި ޗޮކްލޭޓްގަނޑު މަތީގައި ރީތިގޮތަކަށް އަތުރާލާށެވެ.

ދެން އަނެއްކާވެސް ސެޓް ކޮށްލުމަށް ފްރިޖްގައި 3 ގަޑިއިރު ބަހައްޓާލާށެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!