ޚަބަރު

ރަައީސް ޞާލިޙްއަށް ވުރެ ބޮޑު މުސާރައެއް މަޖިލިސްގެ ނައިބު ރައީސާ އީވާއަށް

ދެން އެމްވީ ، ދެން އޮންލައިން

ދައުލަތުގެ އިސް ވެރިންގެ މުސާރަ ކުޑަކުރަން ރައްޔިތުންގެ މަޖިލީހުން އިއްޔެގެނައި ބަދަލާ އެކު، ތިން ބާރުގެ ވެރިންނަށް ވުރެން ވެސް ވުރެ ބޮޑު އަދަދެއް މުސާރަ އާއި އިނާޔަތްތަކުގެ ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އަށް ލިބިވަޑައިގަންނަވާ ގޮތެ ވެއްޖެ އެވެ.

Ads by Sosun Fihaara

މަޖިލީހުން ފާސްކުރީ ރައީސްގެ މުސާރައިން 35 ޕަސެންޓް އުނިކޮށް، އެމަނިކުފާނަށް ކުރިއަށް އޮތް ތިން މަހު 65،000ރ. ލިބިވަޑައިގަންނަވާ ގޮތަށް އަދި ނައިބު ރައީސަށް 48،000ރ. ލިބިވަޑައިގަންނަވާ ގޮތަށެވެ. ކުރިން މަހަކު 73،000ރ. ލިބިވަޑައިގެންނެވި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް، އާ އުސޫލުގެ ދަށުން ލިބިވަަޑައިގަންނަވާނީ 57،000ރ. އެވެ. އުއްތަމަ ފަނޑިޔާރުގެ މުސާރަ އާއި އިނާޔަތްތައް 74،000ރ. އިން 58،000ރ. އަށް ވަނީ ކުޑަވެފަ އެވެ.

އެކަމަކު އަލަށް ގެނައި ބަދަލާ އެކު މި މަގާމްތަކަށް ވުރެން ބޮޑުކޮށް، މަހަކު 75،000ރ. މުސާރަ އާއި އިނާޔަތްތަކުގެ ގޮތުގައި މަޖިލީހުގެ ނައިބު ރައީސް އީވާއަށް ލިބިވަޑައިގަންނަވާނެ އެވެ.

އީވާގެ މުސާރައިން 30 ޕަސެންޓް އުނިކުރިޔަސް، އެހެން މަގާމުތަކަށް ވުރެ އޭނާގެ މުސާރަ އާއި އިނާޔަތްތައް ބޮޑުވާ ސަބަބަކީ ކޮޮމެޓީ އެލަވަންސްގެ ގޮތުގައި ލިބޭ 20،000ރ. ގެ ސަބަބުންނެވެ. މެމްބަރުންގެ އަސާސީ މުސާރައިން 30 ޕަސެންޓް އުނިކުރިޔަސް، ކޮމެޓީ އެލަވަންސާއި ލިވިން އެލަވަންސް އިން އެއްވެސް ބައެއް އުންޏެއް ނުކުރެ އެވެ.

މެމްބަރުންގެ މުސާރައިން 30 ޕަސެންޓް އުނިކުރުމުން، ކޮމެޓީ އެލަވަންސާ އެކު މަހަކު 82،500ރ. ލިބެމުން އައި މެމްބަރުންނަށް ދެން ލިބޭނީ މަހަކު 69،000ރ. އެވެ.

ކޮވިޑް-19 އާ ގުޅިގެން ދައުލަތުގެ ޚަރަދުތައް ކުޑަކުރުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ އާއި ވަޒީރުންނާއި ރައްޔިތުންގެ މަޖިލިހުގެ ރައީސާއި މަޖިލީހުގެ މެމްބަރުންނާއި ފަނޑިޔާރުންގެ އިތުރުން މިނިވަން މުއައްސަސާތަކުގެ ވެރިންގެ މުސާރަ ކުޑަކުރަން މަޖިލީހުން އިއްޔެ ވަނީ ފާސްކޮށްފަ އެވެ. މިފަހަރު މުސާރަތައް ކުޑަކުރީ އެންމެ ބޮޑު މުސާރަ ލިބޭ ބޭފުޅުންގެ މުސާރައިންގެ އުނިކުރާ މިންވަރު ކުރިއަށް ވުރެ މަތިކުރުމަށް ފަހު އެވެ.

Ads by PNC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!