ޚަބަރު

ބޯކޮށް ވާރޭ ވެހުމާއެކު ގުރުރާނެ ކަމަށް ލަފާކޮށް ކ އަތޮޅުން ފެށިގެން މ އަތޮޅަށް ވައިޓް އެލަރޓް ނެރެފި

ދެން އެމްވީ ، ދެން އޮންލައިން

ކ އަތޮޅުން ފެށިގެން މ އަތޮޅަށް ވައިޓް އެލަރޓް ނެރެފި އެވެ.

Ads by Sosun Fihaara

މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ބުނީ ބުރާސްފަތި ދުވަހުގެ ހެނދުނު 11:00 ން ފެށިގެން މެންދުރު ފަހު 03:00 އާ ހަމައަށް އެ ޞަރަޙައްދަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށެވެ. އަދި ވިލާ ގަނޑުގައި ގަޑިއަކު 50 މޭލަށް ވައި ގަދަ ވާނެކަމަށް ވެސް ވަނީ ލަފާކޮށްފަ އެވެ.

މީގެއިތުރުން މެޓް އޮފީހުން ބުނެފައިވަނީ ހުކުރު ދުވަހުގެ ހެނދުނު 10:00 އާ ހަމައަށް ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކުރާނެ ކަމަށާއި ގުގުރުން އެކަށީގެންވާ ކަމަށެވެ. އަދި އުތުރާއި މެދުތެރޭގެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހޭނެކަމަށް ލަފާކުރެވޭ ކަމަށް މެޓް އޮފީހުން ބުނެއެވެ.

ހުޅަނގު ދެކުނާއި ހުޅަނގުން، އުތުރުގެ އަތޮޅުތަކަށް ގަޑިއަކު 15 މޭލާ 25 މޭލާ ދެމެދުގެ ބާރުމިނުގައި އަދި މެދުތެރޭ އަތޮޅުތަކަށް ގަޑިއަކު 13 މޭލާ 23 މޭލާ ދެމެދުގެ ބާރުމިނުގައި އަދި ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 10 މޭލާ 18 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށް މެޓް އޮފީހުން ބުނެއެވެ. މީގެއިތުރުން ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލާ 55 މޭލާ ދެމެދުގެ ބާރުމިނަށް ވައިގަދަވުން އެކަށީގެންވާ ކަމަށްވެސް މެޓް އޮފީހުން ބުނެ އެވެ.

ކަނޑުތައް އުތުރާއި މެދުތެރޭގައި ޢާންމުގޮތެއްގައި ގަދަވާނެ ކަމަށާއި ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށްވެސް މެޓް އޮފީހުން ބުނެއެވެ. އަދި ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުމަކީ އެކަށީގެންވާ ކަމެއް ކަމަށްވެސް މެޓް އޮފީހުން ބުނެއެވެ.

ޢާންމުކޮށް ހުރިހާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަކީ އެދެވިގެންވާ ކަމެއް ކަމަށްވެސް މެޓް އޮފީހުން ބުނެ އެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!