ދުނިޔެ

ގެ ބަދަލުވާން ނިންމީ ގޭތެރެއިން ޖިންނިއެއް ފެނުމުން!

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

ގޭތެރެއިން ޖިންނިއެއް ފެނުމުން ކަމަށް ބުނެ ބޭރު ގައުމެއްގެ މީހަކު ގެ ބަދަލުވާން ނިންމައިފިއެވެ.

Ads by Sosun Fihaara

މި ޚަބަރު ރިޕޯޓްކޮށްފައިވާ މީޑިއާއިން އޭނާގެ ގައުމު ހާމަކޮށްފައެއް ނުވެއެވެ. އެ ރިޕޯޓްގައިވާ ގޮތުގައި އޭނާއަށް މި ޖިންނި ފެނިފައިވަނީ ގޭގެ ބަދިގެ ތެރެއިންނެވެ. އަދި އޭނާ ވަނީ އެތަނުގެ ފޮޓޯއެއް ނަގައި މީސްމީޑިއާގައި ހިއްސާ ވެސް ކޮށްފައެވެ.

ފޮޓޯ މީސްމީޑިއާގައި ހިއްސާކުރުމަށްފަހު އޭނާ ލިޔެފައިވާ ގޮތުގައި އޭނާ މި ފޮޓޯ ނެގީ ބަދިގެ ތެރެއިން އަޑުތަކެއް އިވެން ފެށުމުންނެވެ. އަދި ފޮޓޯ ނެގި އިރު ފޮޓޯއަށް ރޫހާނީ އެއްޗެއްގެ ސޫރަ އަރާފައިވާ ކަމަށް ވެސް އޭނާ ބުނެފައިވެއެވެ.

އޭނާއަށް ގޭ ތެރެއިން މި ރޫހާނީ ސޫރަ ފެނުމުން ގެ ބަދަލުވާން ނިންމާފައިވާ ކަމަށްވެސް މި ފޮޓޯ ހިއްސާ ކުރުމަށްފަހު އޭނާ ބުނެފައިވެއެވެ.

އޭނާއަކީ އޭނާގެ އިތުރު 3 އެކުވެރިންނާއެކު އެ އެޕާރޓްމަންޓުގައި އުޅެމުން އައި މީހެއް ކަމަށާއި އެކަން ހިނގިއިރު އެއިން އެކަކު ވެސް ގޭގައި ނެތް ކަމަށް ވެސް އޭނާ ބުނެފައިވެއެވެ.

އޭނާގެ މި ޕޯސްޓަަށް ގިނަ ބަޔަކު ކޮމެންޓު ކޮށްފައިވާއިރު ގިނަ ބަޔަކު ވަނީ އޭގޭގައި އުޅެން ނުވާނެ ކަމަށާއި އަވަހަށް ގެ ދޫކޮށް އެހެން ތަނަކަށް ބަދަލުވުމަށް ނަސޭހަތް ދީފައެވެ.

Ads by Ooredoo
  1. ކިޔާ ނިމުނު އިރުވެސް ކޮން ކަރައެއްގަ ހިނގިކަމެއްކަން ނޭގުނު…

    • އިދޫ

      ކޮންކަހަލަަ ޖިއްނިއެއްްކަންް އެނގުމުންް ވަރަށްް އުފާވެއްޖެ