ޚަބަރު

އިތުރު 30 މީހަކު ފައްސިވެ، ކޮވިޑް ޖެހުނު މީހުންގެ އަދަދު 1216 އަށް!

އިތުރު 30 މީހަކު ފައްސިވެ، ރާއްޖެއިން ކޮވިޑް ޖެހުނު މީހުންގެ އަދަދު 1216 އަށް އަރައިފިއެވެ.

އެޗްޕީއޭ އިން ބޫނީ މިއަދުގެ މެންދުރު 2:00 އާ ހަމައަށް 30 މީހަކު އެ ބައްޔަށް ފައްސިވެފައިވާ ވެފައިވާ ކަމަށެވެ. އެއީ 14 ދިވެއްސަކާއި ބަންގްލަދޭޝްގެ 10 އަދި އިންޑިއާގެ ހަ މީހެކެވެ.

ރާއްޖެ އިން މިހާރު ކޮވިޑް-19 ޖެހުނު މީހުންގެ ޖުމްލަ އަކީ 1،216 އެވެ.

ރާއްޖެއިން މިހާތަނަށް އެންމެ ގިނައިން ފައްސިވެފަވަނީ ބަންގްލަދޭޝްގެ މީހުންނެވެ. މިއަދު ޕޮޒިޓިވްވި މީހުންނާއި އެކު ރާއްޖެއިން ފައްސިވި ބަންގްލަދޭޝް މީހުންގެ އަދަދު މިވަނީ 622 އަށް އަރާފައެވެ. މި ބަލި ޖެހުނު ދިވެހިންގެ އަދަދު ވަނީ 434 އަށް އިތުރުވެފައެވެ.

ކޮވިޑް-19 ގައި ރާއްޖެއިން މިހާތަނަށް 4 މީހަކު މަރުވެފައިވާ އިރު ބަލި ޖެހުނު 91 އަށް އަރާފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!