މުނިފޫހިފިލުވުން

އާލިޔާ ބަޓް ކޮންމެ ދުވަހަކު ހެނދުނު ބޮނީ ލުނބޯ އަޅައިގެން ހޫނުފެން!

ދެން އެމްވީ ، ދެން އޮންލައިން

މަޝްހޫރު މީހުން އެމީހުންގެ ދިރިއުޅުމުގެ ވަށްޓަފާޅިތައް ބަހައްޓާގޮތް ބަލާ، އެގޮތަށް ކަންކަން ކުރެވޭތޯ ބެލުމަކީ ވަރަށް ގިނަ މީހުން ކުރާ ކަމެކެވެ.
ޚާއްސަކޮށް އެއީ ޒިނާތްތެރިވުމާއި ގުޅިފައިވާ ކަމެއްނަމަ، ކޮންމެ ގޮތެއް ހަދާފަވިޔަސް އެކަމެއް ކުރެވޭތޯ މީހުން ބަލައެވެ.

Ads by STELCO

އެގޮތުން ޒީނަތްތެރިވުމަށް ގިނަބަޔަކު ބޯކޮޅުބަލަމުން އަންނަ އެކަކީ ބޮލީވުޑްގެ މަޝްހޫރު ފިލްމީތަރި އާލިޔާ ބަޓް އެވެ.އާލިޔާ ބަޓްގެ ހަންގަނޑު އެހާ އޮމާންކޮށް ރީތިކޮށް ހުންނަ ސަބަބަކީ ކޮބާތޯ އިންސްޓަގްރާމް އާއި އެހެން ގޮތްގޮތުން ވެސް އޭނާ ގާތު މީހުން ސުވާލު ކޮށްފައިވެއެވެ. މީގެކުރިން އެސުވާލުތަކަށް އާލިޔާ ބުނީ އޭނާއަކީ ވަރަށް ގިނައިން ފެން ބޯ މީހެއް ކަމަށާއި އޭގެ އިތުރުން ސިއްޙަތަށް ރަނގަޅު ކާނާވެސް ކާކަމަށެވެ.

އޭގެއިތުރުން ވަރަށް ފަހުން އާލިޔާ ވަނީ އިތުރު މައުލޫމާތެއް ވެސް ދީފައެވެ. ޔޫޓިއުބްގައި "މައި މޯނިންގ ރޫޓިން" ގެ ސުރުޙީގެ ދަށުން އާލިޔާ ހިއްސާ ކޮށްފައިވާ ވީޑިއޯ އެއްގައި ބުނެފައިވަނީ އޭނާ ކޮންމެ ދުވަހަކު ވެސް ހެނދުނު ހޭލައިގެން، ލުނބޯ އަޅާފަ ހުރި ހޫނު ފެން ތައްޓެއް ބޯކަމަށެވެ.
އާލިޔާ ބުނިގޮތުގައި އޭގެ ސަބަބުން ސިކުނޑި ތާޒާވެ، ބަރުދަން ލުއިކޮށް ބެހެއްޓުމަށް އެހީވެދީ ހަންގަނޑަށް ވެސް ފައިދާ ކުރެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!