ޚަބަރު

ﷲއަށް ހަމްދު ހުރި! ކޮވިޑް ޖެހުނު އިތުރު 13 ބަލިން ރަނގަޅު ވެއްޖެ

ދެން އެމްވީ ، ދެން އޮންލައިން

ކޮވިޑް ޖެހުނު އިތުރު 13 ބަލިން ރަނގަޅު ވެއްޖެއެވެ. މިއާއެކު ކޮވިޑް ޖެހިގެން ރާއްޖެއިން ރަނގަޅުވި މީހުންގެ އަދަދު 104 ކަށް އަރައެވެ.

Ads by STELCO

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކޮވިޑް-19ގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ މި 13 މީހުންނާއެކު ރާއްޖެއިން މި ބަލިން ރަނގަޅުވި މީހުންގެ ޖުމްލަ އަދަދު މިހާރު 104 އަށް އަރާފައިވާ ކަމަށެވެ.

ރާއްޖެއިން މި ބަލިން ރަނގަޅުވި މީހުންގެ ތެރެއިން ގިނައިން ހިމެނެނީ ދިވެހިންނެވެ.

ރާއްޖެއިން މި ބަލި ޖެހުނު މީހުންގެ ޢަދަދު މިހާރު ވަނީ 1216 އަށް އަރާފައެވެ. އޭގެ ތެރެއިން 104 މީހަކު ބަލިން ރަނގަޅުވެފައިވާއިރު، 13 މީހަކަށް އަންނަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ. އަދި ހަތަރު މީހަކު ވަނީ ނިޔާ ވެފައެވެ. އޭގެ ތެރޭގައި ހިމެނެނީ ތެރޭގައި ހިމެނެނީ ތިން ދިވެހިންނާއި ބިދޭސީ އެކެވެ.

ތަފްސީލް އަންނަނީ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!