ޚަބަރު

ޔާމީނަށް ސަނާކިޔާ ދެ ޓްވީޓެއް ނަޝީދު ރިޓްވީޓް ކުރައްވައިފި

ދެން އެމްވީ ، ދެން އޮންލައިން

ކުރީގެ ރައީސް އަބްދުﷲ ޔާމިންގެ އުފަން ދުވަހުގެ ތަހުނިޔާ ފޮނުވައި އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ދެ މެމްބަރަކު ކުރެއްވި ޓްވީޓްތަކެއް ކުރީގެ ރައީސް މުހައްމަދު ނަޝީދު ރިޓްވީޓް ކުރައްވައިފިއެވެ.

Ads by MWSC

ރައީސް ނަޝީދު ޓްވީޓް ކުރައްވާފައިވަނީ ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި މިހާރު މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ކުރައްވާފައިވާ ޓްވީޓަކާއި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ކުރައްވާފައިވާ ޓްވީޓެކެވެ.

ދެ ޓްވީޓްގައި ވެސް ރައީސް ޔާމީންގެ ސިޔާސަތުތަކަށް ތައުރީފް ކުރައްވާފައިވެ އެވެ. މި ދެ ޓްވީޓް ރައީސް ނަޝީދު ރީޓްވީޓް ކުރައްވާފައިވަނީ ކީއްވެ ކަމެއް ސާފެއް ނުވެ އެވެ.

ނަޝީދު އެންމެ ފުރަތަމަ ރީޓްވީޓް ކުރެއްވީ ޝިޔާމްގެ ރައީސް ޔާމީނަށް ސަނާ ކިޔާ ލިޔުއްވާފައިވާ ލަވައެކެވެ. އެލަވައިގައި ވަނީ ދިވެހިންގެ ދިވެހި ވެރިކަން ދިވެހިންނަށް ކުރެވޭކަމާއި ދިރުމާއި އުންމީދު ރާއްޖޭގައި އޮތްކަން ދިވެހިންނަށް ދައްކައިދިން ވެރިއެއްގެ ހަނދާން ވަމުންދާ ކަމަށެވެ.

ދެން ނަޝީދު ރީޓްވީޓް ކުރެއްވީ ސައީދުގެ ޓްވީޓެކެވެ. އެ ޓްވީޓުގައި ވަނީ ރައީސް ޔާމީނަށް އިންސާފު ނުލިބި ނުޙައްޤުން ޖަލުގައި ހުންނެވުމަކީ ދިވެހިޤައުމަށް ލިބިގެންދިޔަ ބޮޑުހިތާމައެއް ކަމަށެވެ.

ރައީސް ޔާމީންގެ އުފަން ދުވަހާ ގުޅިގެން އެމަނިކުފާނުގެ ސަޕޯޓަރުން ވަނީ ތަހުނިޔާގެ ގިނަ ޓްވީޓްތަކެއް ކޮށްފަ އެވެ. މި މަހުގެ 17 ވަނަ ދުވަހު ރައީސް ނަޝީދު ވެސް ވަނީ އެމަނިކުފާނުގެ އުފަން ދުވަސް ފާހަގަ ކުރައްވާފަ އެވެ. އެ ދުވަހު، އެމަނިކުފާނުގެ ގިނަ ސަޕޯޓަރުންތަކެއް ވެސް ވަނީ ތަހުނިޔާގެ މެސެޖްތައް ފޮނުވާފަ އެވެ.


މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!