ދުނިޔެ

އިންޑިޔާގެ ފުލުހުން ކަޝްމީރުގެ މުސްލިމުންގެ ގެތަށް އަންދާ، ލޫޓުވަނީ. އަޑު އުފުލާނެ ބަޔަކު ނެތް!

އިންޑިޔާއަކީ ދުނިޔޭގެ ބޮޑެތި ބާރުތަކުގެ ތެރެއިން ބާރެކެވެ. މިއާއެކު އިންޑިޔާއިން ކުރާ ލާއިންސާނީ ގިނަ ކަންތައްތައް އަބަދުވެސް އޮންނަނީ ފޮރުވިފައެވެ. މިގޮތުން، އިންޑިޔާގެ މީގެ ދެދުވަސް ކުރިން މިވަނީ މިފަދަ ބޮޑު ޖަރީމާއެއް ހިންގާފައެވެ.

ކަޝްމީރުގެ އިންޑިޔާ ފަޅީގައި ދިރިއުޅެމުން އަންނަ، ސަރުކާރާ އިދިކޮޅު ޖަމާޢަތްތައް ހޯދުމުގެ ނަމުގެ ހިންގަމުން އަންނަ އޮޕަރޭޝަނެއްގައި މީގެ ދެ ދުވަސް ކުރިން 12 ގެއެއް އިންޑިޔާގެ ފުލުހުންނާއި،ހަތިޔާރު އެޅި ސަރުކާރަށް ޚިދުމަތް ކުރާ ޖަމާޢަތްތަކުން ވަނީ ރޯކޮށް ބިމާ ތިރިކޮށްލާފައެެވެ. މިކަންކޮށްފައިވަނީ، ދުނިޔޭގެ އިންސާނީ ޙައްޤުތަކާ ބެހޭ ޤާނޫނާ މުޅިން ޚިލާފަށް ކަމަށް މަޝްރަޙް ދިރާސާ ކުރައްވާ ތަޖުރިބާ ކާރުން ހާމަކުރެއެވެ.

"އަހަރެންގެ ގެ އެއްކޮށް އަންދާލި. ފުރަތަމަ ގޭތެރޭގައި ހުރި ހިފާ ގެންގުޅޭ ސާމާނުތައް ލޫޓްވީ، ގަހަނާއާ އަގުބޮޑު ތަކެތިވެސް. ރައްކާކޮށްފައި ހުރި ފައިސާތައްވެސް ނެގި. ދެން އެކަމަށް ހުރަސް އެޅީމާ، 12 ގެއެއް އަންދާލީ." އިންޑިޔާގެ ފުލުހުންގެ ލާއިންސާނީ ހަމަލާގެ ޝިކާރައަކަށްވި މީހަކު އާރޓީވީއަށް ދިން އިންޓަރވިއުއެއްގައި ބުނެފައިވެއެވެ.

ކަޝްމީރުގައި ދިރިއުޅޭ ފަރާތްތަކަށް ފުލުހުން ފުރައްސާރަ ކުރަމުންދާ ވާހަކަ މީގެ ކުރިންވެސް ބޭރުގެ މީޑިޔާތަކުގެ ސަމާލު ކަމަށް އައިސްފައިވެއެވެ. ނަމަވެސް ކޮންމެ ފަހަރަކު އިންޑިޔާގެ ސަރުކާރުން މިކަން ދޮގުކޮށް، މައްސަލަ ހިންދާލައެވެ. މިފަހަރުވެސް އިންޑިޔާއިން ބުނެފައިވަނީ، އެމީހުން ހިންގި އޮޕަރޭޝަނަކީ ޓެރެރިސްޓެއް ހޯދުމަށް ހިންގި އޮޕަރޭޝަނެއް ކަމަށާއި އޮޕަރޭޝަންގައި ހަމައެކަނި ހަމަލާދިނީ އެފަދަ ފަރާތްތައް ދިރިއުޅުނު ތަނަށް ކަމަށެވެ.

އިންޑިޔާގެ ފުލުހުން ދޭ މިފަދަ ހަމަލާތަކުގެ ސަބަބުން ކަޝްމީރުގައި ދިރިއުޅޭ މުސްލިމް ރައްޔިތުން ދިރިއުޅެމުންދަނީ ވަރަށް ދަތި ހާލެއްގައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!