Wednesday, 28 October 2026
Advertisement
HDC — Share-Below (leaderboard)
ދުނިޔެ

ކޮވިޑް19 އިންޑިޔާ: މަރުވާ މީހުންގެ 50 އިންސައްތައަކީ 60 އަހަރުންމަތީ މީހުން

އަވައްޓެރި އިންޑިޔާގައި ކޮރޯވާ ވައިރަސް ބާރު ސްޕީޑެއްގައި ފެތުރެމުންދާއިރު، އިންޑިޔާގެ ސަރުކާރުން ކޮރޯނާ ވައިރަސް ކޮންޓްރޯލް ކުރުމަށް ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ. ނަމަވެސް މަދު ދުވަސްކޮޅެއްގެ ތެރޭގައި ދުނިޔެއިން 11 ވަނައަށް އެންމެ ގިނަ މީހުން ކޮރޯނާ ވައިރަސް ޖެހުނު ޤައުމަކަށް އިންޑިޔާވަނީ ވެފައެވެ.

އިންޑިޔާގައި118,226 މީހަކު ކޮވިޑް19 އަށް ފައްސިވެފައިވާއިރު، އެޤައުމުގެ ތަފާސްހިސާބުތަކާ ބެހޭ މަޖިލީހުންމިވަނީ، އެޤައުމުގައި މިބަލި ޖެހޭ މީހުންނާއި ބަލި ޖެހިގެން މަރުވާ މީހުންގެ ތަފްސީލީ ރިޕޯޓެއް ނެރެފައެވެ. އިންޑިޔާގައ ކޮރޯނާ ޖެހިގެން މިހާތަނަށް 3,584 މީހަކު މިދުނިޔެ ދޫކޮށްފައިވާއިރު، ތަފާސްހިސާބަށް ބަލާއިރު، މީގެ ތެރެއިން 50 އިންސައްތަ މީހުންނަކީ 60 އަހަރުން މަތީގެ މީހުންނެވެ. އަދި 70 އިންސައްތަ މީހުންނަކީ ކޮންމެވެސް ދިގު މުއްދަތުގެ ބައްޔަކަށް ފަރުވާ ކުރަމުން އަންނަ މީހުންނެވެ. މީގެ ތެރޭގައި ހަކުރު ބައްޔާއި ލޭ މައްޗަށް ދިއުން ހިމެނެވެ.

އިންޑީޔާގެ ތަފާސް ހިސާބަށް ބަލާއިރު، މަރުވި މީހުންގެ ތެރެއިން ގިނަ މީހުންނަކީ ފިރިހެނުންނެވެ. މިގޮތުން،މަރުވި މީހުންގެ 64 އިންސައްތައަކީ ފިރިހެނުންނެވެ.

Advertisement
Allied — Dhen Online (box)

މިހާތަނަށް އިންޑިޔާއިން ކޮވިޑް ޖެހުނު، 48 ހާހަށްވުރެ ގިނަ މީހުން ރަނގަޅުވެފައިވާއިރު، މީގެ ތެރޭގައި ގިނައިން ހިމެނެނީ ޅަ އުމުރުގެ މީހުން ކަމަށް ތަފާސްހިސާބުން ދައްކައެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް