މާސް އަޅައިގެން ހުރެ އައިފޯން އަންލޮކް ކުރަން ފަސޭހަ ގޮތެއް ތަޢާރަފްކޮށްފި
ކޮވިޑް19 އާއެކު، ދުނިޔޭގެ ގިނަ ޤައުމުތަކުގައި ފޭސް މާސްކް އެޅުން މިވަނީ މަޖުބޫރުކޮށްފައެވެ. މިއާއެކު ފޭސްއައިޑީ ބޭނުންކޮށްގެން، އަންލޮކް ކުރާ ފޯންތައް ގެންގުޅޭ މީހުންނަަށް މިކަންވަނީ ބޮޑު ތަކްލީފަކަށް ވެފައެވެ. މިއާއެކު މިކަމާ ގުޅިގެން ގިނަ ޝަކުވާތަކެއްވަނީ ކުރަން ފަށާއިވެއެވެ.
އައިފޯނުންގެ އަހުލުވެރިންނަށް އައިއޯއެސް 13.5 އަޕްޑޭޓާ އެކު ގެނެސްދިން އާ އަޕްޑޭޓުން މިހާރު މާސްކް އަޅައިގެން ހުއްޓަސް ފޯނު ހުޅުލޭލެއް ލަސްވެގެން އުޅޭކަށް ނުޖެހޭނެ އެވެ. މާސްކް އަޅައިގެން ހުރި ނަމަ މިހާރު ވަގުތުން ފޯނުގެ ސްކްރީނުގެ ތިރިން ސްވައިޕްކޮށްލުމާ އެކު ޕާސްކޯޑް ޖަހަން ނުވަތަ ފޭސްއައިޑީ އަށް އިހުތިޔާރުދޭނެ އެވެ.
މި ބަދަލާ އެކު އެޕަލް އިން ވަނީ އިތުރު އެހެން އަޕްޑޭޓެއް ވެސް ގެނެސްދީފަ އެވެ. އެއީ އެޕްލިކޭޝަން ޕްރޮގްރާމިން އިންޓަފޭސް (އޭޕީއައި) މެދުވެރިކޮށް، ފޯނަށް ޑައުންލޯޑްކޮށްފައިވާ ކޮވިޑް-19 ގެ ހާއްސަ އެޕެއް މެދުވެރިކޮށް، ކޮވިޑް-19 ޖެހިފައިވާ މީހަކާ ކޮންޓެކްޓްވެފައިވާ ނަމަ އެކަން ނޮޓިފިކޭޝަނަކުން އަންގައިދިނުމެވެ.
މިކަމަކީ ދާދި ފަހުން އެޕަލް އާއި ގޫގުލް ގުޅިގެން ކޮންޓްރެކްޓް ޓްރޭސިން އަށް ފެށި މަސައްކަތުގެ ބައެކެވެ.
މީގެ އެންމެ މުހިއްމު ކޮވިޑް-19 ގެ މީހަކާ ކޮންޓެކްޓްވެފައިކަން ބަޔަކީ ފޯނުގެ ބުލޫޓޫތު މެދުވެރިކޮށް ދެނެގަތުމެވެ. މި ޓެކްނޮލޮޖީގެ މަސައްކަތް ގޫގުލް އާއި އެޕަލް އިން އަންނަނީ ކުރަމުންނެވެ.