ޚަބަރު

ޖަމާޢަތުގައި ސަފު ހެދުމުގައި ގައިދުރުކަން ބަހައްޓާކަށް ނުޖެހޭ: އިސްލާމިކް މިނިސްޓްރީ

ދެން އެމްވީ ، ދެން އޮންލައިން

މިއަދު ހުކުރު ނަމާދުން ފެށިގެން ބައެއް ރަށްރަށުގެ މިސްކިތްތަކުގެ ޖަމާއަތުގައި ނަމާދު ކުރަން ހުޅުވާލަން ނިންމާފައިވާއިރު, މިސްކިތަށް ނަމާދަށް ދާބޭފުޅުން ސަމާލުކަންދޭންވީ ކަންތައްތައް އިސްލާމިކް މިނިސްޓްރީން ހާމަކޮށްފިއެވެ.

އެގޮތުން އެ މިނިސްޓްރީން ނެރުނު ސާކިއުލާގައި ބުނެފައިވާގޮތުން، ނަމާދަށް ދާއިރު ގެއިން ވުލޫކޮށްގެން ދިއުމާއި، އަމިއްލަ މުސައްލައެއް ގެންދިއުމާއި، އަތާއި އަތް ޖޯޑުކޮށްގެން ސަލާން ނުކުރުން ހިމެނެއެވެ. މީގެ އިތުރުން ފުޕާމޭގެ ބަލިތައް ހުންނަ މީހުންނާއި އުމުރުން ދުވަސްވީ މީހުން މިސްކިތައް ނުދިއުމަށް ވަނީ އަންގާފައެވެ. އަދި ކެއްސުމާއި ރޯގާ ޖެހުމާއި ހުން އައުން ފަދަ އެއްވެސް ކޮވިޑުގެ އަލާމާތެއް ފެނިއްޖެނަމަ މިސްކިތައް ނުދިއުމަށް ވެސް އެ މިނިސްޓްރީން ވަނީ އަންގާފައެވެ.

މީގެ އިތުރުން، ޖަމާޢަތުގައި ސަފު ހެދުމުގައި ގައިދުރުކަން ބަހައްޓަން ނުޖެހޭ ކަމަށްވެސް އެމިނިސްޓްރީގެ ބަޔާނުގައި ބުނެފައިވެއެވެ.

މީގެ އެ ސަކިއުލަރގައި ވަނީ ހެލްތް ޕްރޮޓެކްޝަން އެޖެންސީން ފުރަބަންދު ހާލަތަށް ގެނެސްފައިވާ ރަށްތަކާއި މޮނިޓަރިންގެ ހާލަތުގައި ހުރި ރަށްރަށާއި އެރަށެއްގައި ކަރަންޓީނުކޮށްފައިވާ ރަށްތަކުގެ ގޮތުގައި ކަނޑައަޅާފައިވާ ރަށްތަކުގެ ލިސްޓެއްވެސް ހިމަނާފައި އެވެ. އެ ލިސްޓްގައި 25 ރަށެއް ވަނީ ހިމަނާފައި އެވެ. އެ ލިސްޓްގައި ހިމެނެނީ، ކުޅުދުއްފުށި ސިޓީ، ށ ނަރުދޫ، ނ މަނަދޫ، ހއ ތަކަންދޫ، ކ ތުލުސްދޫ، ށ މިލަންދޫ، ހއ އުލިގަމު، ކ ހިންމަފުށި، ށ މާއުނގޫދޫ، ށ ފޮނަދޫ، ށ ފީވަކު، ނ ހޮޅުދޫ، ނ ހެނބަދޫ، ށ ގޮއިދޫ ހިމެނެ އެވެ.

އަދި މީގެ އިތުރުން ހދ ކުމުންދޫ، ހދ ހިރިމަރަދޫ، ނ ކެނދިކުޅުދޫ، ހއ ދިއްދޫ، ހއ އުތީމް، ބ ކެންދޫ، ނ މިލަދޫ، ނ މާފަރު، ށ ޅައިމަގު، ނ ވެލިދޫ އަދި ކ މާފުށި ހިމެނެ އެވެ.

"ވީމާ ހެލްތް ޕްރޮޓެކެޝަން އެޖެންސީން ފުރަބަންދު ހާލަތަށް ގެނެސްފައިވާ ރަށްރަށާއި މޮނިޓަރިންގ ހާލަތުގައި ހުރި ރަށްރަށާއި އެރަށެއްގައި މީހަކު ކަރަންޓީނުކޮށްފައިވާ ރައްތައް ފިޔަވައި އެހެން ރަށްރަށުގައި ރައްކާތެރި ފިޔަވަޅު އަޅައި ޖަމާއަތުގައި ނަމާދުކުރުން އެންމެ ރަނގަޅުކަމުގައި ދެންނެވީމެވެ." އިސްލާމިކް މިނިސްޓްރީ ފޮނުވި ސަކިއުލަރގައިވެ އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!