ލައިފްސްޓައިލް

ހުކުރު ދުވަހު ޗީޒް ގުޖޭޔާ ތައްޔާރުކޮށްލަމާ

ދެން އެމްވީ ، ދެން އޮންލައިން

ބޭނުންވާތަކެތި:

Ads by Sosun Fihaara

½ ޖޯޑު ކިރު

½ ޖޯޑު ފެން

8 މޭޒުމަތީ ސަމުސާ ބަޓަރ (ލޮނު ނުހުންނަ)

½ ސައިސަމުސާ ލޮނު

1 ޖޯޑު ފުއް

5 ބިސް

½ 1 ޖޯޑު ޗީޒް (ގާނާފައި)

ތައްޔާރު ކުރާނެގޮތް:

ތަވަޔަކަށް ކިރު، ފެން، ލޮނު އަދި ބަޓަރ އަޅާ ކައްކާލާށެވެ. ކެކުމުން ފުއް އަޅާ ރަނގަޅަށް އެއްކޮށްލާށެވެ. އެއްވުމުން އުދުންމަތިން ބާލާފައި ކުޑަކޮށް ހިހޫ ވުމުން ފަހަރަކު ބިހެއް އަޅަމުން އެއްކޮށްލާށެވެ. އަދި ޗީޒް ތަށް އެއްކޮށްލުމަށް ފަހު ޓްރޭއެއްގައި ތެޔޮ ހޭކުމަށްފަހު ސަމުސަލުން ނުވަތަ އައިސިން ބޭގް އިން ވަށް ކޮށް ފަހަރަކު އެތިކޮޅެއް ޓްރޭގައި އަތުރާލާށެވެ. އަދި 350 ޑިގްރީގައި 20-25 މިނިޓް ބޭކް ކޮށްލުމުން ޗީޒް ގުޖޭޔާ މިއޮތީ ތައްޔާރު ވެފައި އެވެ. މިއީ ސޯސްކޮޅަކާ އެކީ ކާންވެސް ވަރަށް މީރު އެއްޗެކެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!