ދުނިޔެ

ޓްރަމްޕް ގެ ކޮރޯނާ ޓެސްޓް: ނައްސި އާ ދިމާޔަށް ފައްސި

ދެން އެމްވީ ، ދެން އޮންލައިން

ޓްރަމްޕް ކޮރޯނާ ވައިރަހަށް ކުރި ޓެސްޓުގެ ނަތީޖާ އިން ދެއްކިވީ ނައްސި އާ ދިމާޔަށް ފައްސިވި ކަމަށް ކަމުގައި ޓްރަމްޕް ބުނެފިއެވެ.

Ads by Sosun Fihaara

އެގޮތުން އޭނާ ވަނީ އެކަން ބަލައިގަންނަނީ ވަރަށް ފައްސި ގޮތެއްގައި ކަމުގައި ބުނެފައެވެ. އެގޮތުން އޭނާ އެންމެ ފަހުން ވައިރަހަށް ކުރި ޓެސްޓުވީ ނައްސިކަމަށާއި ނަމަވެސް އޭނާ އެކަން ބަލައިގަންނަނީ ވަރަށް ފައްސިކަމެއްގެ ގޮތުގައި ޓްރަމްޕް ވަނީ ސިފަކޮށްފައެވެ.

ޓްރަމްޕް މިފަދަ މޭރުމަކުން ވާހަކަދައްކާފައިވާއިރު ގިނަ ބަޔަކު އަންނަނީ ޓްރަމްޕް މިބަލިމަޑުކަން ސީރިއަސް ކޮށް ނުނަގާ ކަަމަށް ބުނެ ފާޑުކިޔަމުންނެވެ.

ޓްރަމްޕްގެ ތަރުޖަމާނެއް ވައިރަހަށް ފައްސިވުމާއެކު ޓްރަމްޕް އާއި ނައިބު ރައީސް އަންނަނީ ކޮންމެ ދުވަހަކު ވައިރަހަށް ޓެސްޓުކުރަމުންނެވެ. އަދި ވައިރަހުން ދިފާއުވުމަށް ޓަކައި ޓްރަމްޕް އަންނަނީ މެލޭރިއާ ބޭސް ވެސް ބޭނުން ކުރަމުންނެވެ.

މިހާތަނަށް އެންމެ ގިނަ ބަޔަކަށް ކޮވިޑް19 ޖެހިފައިވަނީ އެމެރިކާއިންނެވެ. އެމެރިކާއިން 1.5 މިލިއަން މީހުނަށް ބަލި ޖެހި 93000 މީހުން މަރުވެފައިވާއިރު ޓްރަމްޕް ދެކެނީ އެމެރިކާ އިން އެންމެ ގިނަ މީހުން ފައްސިވިކަމީ ލިބޭ ފަހުރެއްކަމަށެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!