ލައިފްސްޓައިލް

ޓީވީ ކުރިމަތީގައި އޮވެ ނުނިދާތި: ސަބަބު ވެސް މިއޮތީ!

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

ޓީވީން ފިލްމެއް ބަލަން ނުވަތަ ކޮންމެ ވެސް އެހެން އެއްޗެއް ބަލަން އޮއްވާ ވިޔަސް ޓީވީ ކުރިމަތީގައި  ނުނިދާ މީހަކު މަދުވާނޭ ބުނުމަކީ ދޮގަކަށް ނުވާނެއެވެ. ދިިރިއުޅުމުގެ ކޮންމެވެސް ހިސާބެއްގައި ގިނަ ބަޔަކަށް މިކަން ވާނީ ތަޖުރިބާ ކުރެވިފައެވެ. ޓީވީ ބަލަން އޮއްވާ ނޭނގުމެއްގެ ތެރޭގައި ނިދުމަކީ ހަަމަ ވެދާނޭ ކަމެކެވެ.

Ads by Sosun Fihaara

ވާނުވާ އެނގެނީ އޭގެ އަނެއް ދުވަހު އިރު އެރުމުންނެވެ. ތިމަންނާ އަށް މި އޮވެވުނީ ކޮންތާކު ބާވައޭ ހިތަށް އަރާ ފަހަރުވެސް އާދެއެވެ. އާނއެކެވެ. ތިބާއަށް ނިދިފައި ތިޔަ އޮތީ ޓީވީ ބަލަން އޮއްވާ އޭގެ ކުރިމަތީގައެވެ.

އެއީ މާ ބޮޑު ކަމެއް ކަމުގައި ތިބާ ނުދެކިދާނެއެވެ. އަދި އެއީ އަލަށް ވީ ކަމެއް ވެސް ނޫންތާއެވެ. އެހެން ނަމަވެސް ހަގީގަތުގައި ޓީވީ ކުރިމަތީގައި އޮވެ ނިދުމަކީ އެހާ ރަނގަޅު ކަމެއް ނޫނެވެ. ސުވާލަކީ އެއީ ކީއްވެގެން ހެއްޔޭ ދޯއެވެ.

ޓީވީގެ ކުރިމަތީގައި ތިބާ ބަލަން ބޭނުންވާ ފިލްމެއް ނުވަތަ ފުޓުބޯޅަ މެޗެއް ފަދަ އެއްޗެއް ބަލަން އޮންނަ ނަމަ ނުނިދޭތޯ ކޮންމެ މީހަކު ވެސް މަސައްކަތް ކުރާނެކަން ޔަގީނެވެ. ނިދި އައުމުން ވެސް މިގޮތަށް ނުނިދާ ހުންނަން މަސައްކަތް ކުރުމަކީ ސިއްހަތަށް ގެއްލުން ހުރި ކަމެކެވެ. އަދި ތިބާގެ މޫޑަށް ވެސް މީގެ ސަބަބުން އަސަރު ކުރާނެއެވެ. އެކަމާ ޓީވީގެ އައްޔާއި ވެސް ގުޅުން އެބަހުރި ކަމަށް ބައެއް ހޯދުންތެރިން ބުނެއެވެ.

ޓީވީ ކުރިމަތީގައި އޮވެ ނިދުމަކީ ތިބާ ޑިޕްރެޝަންގެ ޝިކާރައަކަށް ވެސް ވެދާނެ ކަމެކެވެ. އަޅެ ފަހެ ޓީވީ ކުރިމަތީގައި އޮވެ ނިދައިގެން "ޑިޕްރެސް" ވާންވީ ކީއްވެގެން ބާއޭ ހިތަށް އަރާ ދޯއެވެ.

ޓީވީގެ ކުރިމަތީގައި އޮވެ އަރާމު ނިންޖަކުން ނިދުމަކީ ވަރަށް ނާދިރު ކަމެކެވެ. ސަބަބަކީ ޓީވީ އަކީ އަލިގަދަ އެއްޗަކަށް ވާތީއެވެ. ރަނގަޅު އަރާމު ނިންޖެއް ނުލިބޭ ނަމަ އެކަމާ ނުތަނަވަސް ވާނެއެވެ. އަދި މިކަން ތަކުރާރު ވާނަމަ ޑިޕްރެޝަނަށް ދިއުމަކީ ވެސް އެކަށީގެންވާ ކަމެކެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!