ދުނިޔެ

ލޮކްޑައުންއަށް ފަހު އެނބުރި ވަޒަނަށް ދިޔަ ޕާކިސްތާނު ފްލައިޓެއް ވެއްޓި، ދަތުރު ކުރި އެންމެން މަރުވެއްޖެ

ދެން އެމްވީ ، ދެން އޮންލައިން

ޕާކިސްތާން އިންޓަނޭޝަނަލް އެއާލައިންގެ ފްލައިޓެއް ކަރާޗީގެ ޖިނާހް އިންޓަނޭޝަނަލް އެއާޕޯޓާއި ކައިރި ހިސާބެއްގައި އާއްމުން ދިރިއުޅޭ ސަރަހައްދަކަށް ވެއްޓި، ފްލައިޓުން ދަތުރުކުރި އެންމެން މަރުވެއްޖެއެވެ. ވެއްޓިފައިވަނީ އެއާބަސް މަރުކާގެ ފްލައިޓެކެވެ.

Ads by Sosun Fihaara

ފްލައިޓު ވެއްޓުނު އިރު ފްލައިޓުގައި ކްރޫންނާއެކު ޖުމްލަ 107 މީހުން ތިބި ކަމަށް ރިޕޯޓުތައް ބުނެއެވެ. އަދި މި ހާދިސާގައި ދަތުރުކުރި އެންމެން މަރުވި ކަމަށް ވެސް ޑެއިލީ މެއިލް އިން ރިޕޯޓުކޮށްފައިވެއެވެ.

ބޯޓު ވެއްޓިފައިވަނީ ޖިނާޙް އިންޓަނޭޝަނަލް އެއާޕޯޓަށް ދިއުމަށް ކަރާޗީ އެއާޕޯޓުން ނައްޓާލިތާ ކުޑައިރުކޮޅެއްގެ ތެރޭގައި ބޯޓުގެ ދެ އިންޖީން ފެއިލް ވެގެންނެވެ. ބޯޓު ވެއްޓުމާއެކު ބޯޓު ވެއްޓުނު ސަރަހައްދުގައި ހުރި ގިނަ އަދަދެއްގެ ގެތަކުގައި ވަނީ އަލިފާން ރޯވެފައެވެ.

މި ފްލައިޓުގައި ދަތުރުކޮށްފައިވަނީ ލޮކްޑައުން އުވާލުމަށް ފަހު އެނބުރި ވަޒަނަށް ދިއުމަށް ދިޔަ ބައެކެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!