ދުނިޔެ ޓެކްނޮލޮޖީ

ޔޫޓިއުބް، ގޫގަލް އަދި ޖީމެއިލް ޑައުންވެ ގިނަ ބައެއްގެ ޝަކުވާ

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

ގޫގަލްގެ ގިނަ އެޕްލިކޭޝަންތަކެއް ޑައުންވެ ގިނަ އިރުތަކެއް ވުމަށް ފަހު މިހާރު އަނެއްކާ ވެސް ބޭނުން ކުރެވެން ފަށައިިފިއެވެ.

Ads by MWSC
Ads by Sosun Fihaara

ގޫގަލްގެ މުހިންމު ބައެއް އެޕްލިކޭޝަން ތައް ކަމަށްވާ ގޫގުލް ޑްރައިވް، ޖީމެއިލް، ގޫގުލް މެޕްސް  އަދި ޔޫޓިއުބް ވެސް ވަނީ ޑައުން ވެފައެވެ. އަދި ގޫގުލްގެ އުފެއްދުމެއް ކަމަށްވާ ގޫގުލް ހޯމް އަށް ވެސް މީގެ ސަބަބުން އަަސަރުތަކެއް ކޮށްފައިވެއެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އުޅޭ އެތައް ލައްކަ ބަޔަކަށް ގޫގަލްގެ އެޕްލިކޭޝަންތައް ޑައުންވުމުގެ ސަބަބުން ވަނީ ބޮޑެތި އުނދަގޫ ތަކަކާ ކުރިމަތިވެފައެވެ.

ބޭރުގެ ބައެއް ގައުމުތަކުގައި ދޮރު ހުޅުވުމަށް އަދި ބޮކި ދިއްލާ ނިއްވުމަށް ވެސް ބޭނުން ކޮށް އުޅެނީ ގޫގަލް ހޯމްއެވެ. މި ޑިވައިސް ޑައުންވުމުގެ ސަބަބުން ބައެއް މީހުން ތަޅު ނުހުޅުވިފައި އަދި ބައެއް މީހުން ބޮކި ނިއްވާ ނުލެވިފައި ވެސް ތިބި ކަމަށް ބޭރުގެ ބައެއް މީޑިއާތަކުން ރިޕޯޓް ކުރެއެވެ.

ގޫގަލްގެ އެޕްލިކޭޝަންތައް ބޭނުންކުރުމުގައި ދަތިތަކާ ކުރިމަތިލާން ޖެހުނު ބައެއް ހިސާބުތަކަށް ބަލާއިރު، ޔޫރަޕުގެ ގިނަ ގައުމުތަކެއް ހިމެނެއެވެ. އޮސްޓްރޭލިއާ އާއި އެމެރިކާ އަދި އެފްރިކާގެ ބައެއް ގައުމުތައް ވެސް ހިމެނެއެވެ. އަދި އޭޝިއާގެ ބައެއް ގަައުމުތަކަށް ވެސް ގޫގަލްގެ އެޕްލިކޭޝަންތައް ބޭނުން ކުރުމުގެ ދަތިތަކާ ދިމާވިއެވެ.

ގޫގަލްގެ ވެބްސައިޓްތަކާއި އެޕްލިކޭޝަންތަކަކީ ދުނިޔޭގެ އެންމެ ގިނަ ބަޔަކު ބޭނުން ކުރާ އެއް ވެބްސައިޓް ތަކެވެ. އެގޮތުން ޔޫޓިއުބްއަކީ ވެސް 2 ބިލިއަނަށް ވުރެ ގިނަ މީހުން ކޮންމެ މަހަކު ބޭނުން ކުރާ އެއްޗަކަށް ވާއިރު ޖީމެއިލް ބޭނުންކުރާ 1.5 ބިލިއަން މީހުން އުޅޭކަމަށް ވެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!