ދުނިޔެ

ޓްރަމްޕް ފުރަތަމަ ފަހަރަށް މާސްކެއް އަޅައިގެން ހުއްޓާ ފެނިއްޖެ

ދެން އެމްވީ ، ދެން އޮންލައިން

އާންމު ތަންތަނުގައި މާސްކް އަޅައިގެން ހުއްޓާ އަދި ފެނިފައިނުވާ އެމެރިކާގެ ރައީސް މާސްކެއް އަޅައިގެން ހުއްޓާ ފުރަތަމަ ފަހަރަށް ފެނިއްޖެއެވެ.

Ads by Sosun Fihaara

ޓްރަމްޕް މާސްކް އަޅައިގެން ހުއްޓާފެނުނީ މިޗިގަން ފޯޑް ޕްލާންޓަށް ކުރި ޒިޔާރަތެއްގައެވެ. ނަމަވެސް ވަގުތު ކޮޅަކަށް މާސްކް އެޅުމަށްފަހު ޓްރަމްޕް އުޅުނީ އަތުން މާސްކް ހިފައިގެންނެވެ. ފޯޑްގެ ވެންޓިލޭޓަރު އުފައްދާ ފެކްޓްރީއަށް ކުރި މި ޒިޔާރަތުގައި ޓްރަމްޕް އެތަނަށް ދިއުމުން އޭނާއަށް މާސްކެއް ދިންކަމަށް ފޯޑް ކުންފުނީގެ ފަރާތުންވެސް ވަނީ ޔަގީންކޮށްދީފައެވެ. މިޒިޔާރަތަށްފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުން ޓްރަމްޕް ބުނީ، ފެކްޓަރީގެ ތެރޭގައި މާސްކް އެޅިކަމަށާ، ނޫސްވެރިންނަށް ދައްކަން ބޭނުން ނުވާތީ ފަހުން ނެގީކަމަށެވެ.

އެމެރިކާގެ އާންމު ތަންތަނުގައި މާސްކް އެޅުމަށް ލާޒިމްކޮށްފައިވާ އިރު، ރައީސް ވަނީ މި ގަވާއިދަށް ޢަމަލު ނުކޮށް އެކަން ދިފާޢު ކުރައްވާފައެވެ. އާންމު އަދި ބަންދުވެފައިވާ ތަންތަނުގައި މާސްކްއެޅުމަކީ މިޗިގަންގައި ވަރަށް ސީރިއަސް ކަމާއެކު ބަލަމުން އަންނަ ކަމެކެވެ. މިޗިގަންގެ އެޓަރނީ ޖެނެރަލް ދާނާ ނަސަލް ހާމަކުރި ގޮތުގައި، ޓްރަމްޕްއަކީ ގާނޫނަށް ތަބަވާން ބޭނުންނުވާ ސިޔާސަ ކުޑަކުއްޖެއްފަދަ މީހެން ކަމަށާއި އެއީ ސަމާސާއެއް ނޫން ކަމަށެވެ


ޓްރަމްޕަށް ދިން މާސްކް ބޭލުމަށްފަހު ފޭސް ޝީލްޑެއް މޫނުގައި ޖައްސައިގެން ހުއްޓާވެސް ވަނީ ފެނިފައެވެ. ނަމަވެސް މިވެސް ރީތިކޮށް އަޅާފައެއް ނުވެއެވެ. މިޗިގަންގެ ސްޓޭޓް އެޓަރނީ ވަނީ ޓްރަމްޕް މާސްކް ނާޅާނަމަ، އޭނާ ޒިޔާރަތް ކުރި ފޯޑް ކުންފުނި ގޮވައިގެން ކޯޓަށް ދާނެ ކަމުގެ އިންޒާރުވެސް ދީފައެވެ.

މިޗިގަންގެ ގަވަރނަރ ސޮއިކޮށް ނެރެނު އަމުރަކަށް ފަހު އޭޕްރިލް ފަހު ކޮޅުން ފެށިގެން މިޗިގަންގައި އާންމު އަދި ބަންދު ތަންތަނުގައި މާސްކް އަޅަން ޖެހެއެވެ. އެހެންކަމުން މާސްކް ނާޅާނަމަ މިޗިގަންގެ ބަންދު ވެފައިވާ އެއްވެސް ތަނަކަށް ޓްރަމްޕަށް ދެން ނާދެވޭނެކަމަށް އަންގާނެ ކަމަށް، މި ޒިޔާރަތުގެ ކުރިން ސީ.އެން.އެން އަށް ދިން އިންޓަރވިއު އެއްގައި އެޓަރނީ ވަނީ ބުނެފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!