ދުނިޔެ

ގަސްތުގައި ބަލިވުމުގެ ބޭނުމުގައި އެމެރިކާގެ ބައެއް މީހުން ކޮވިޑް ޖެހިފައިވާ މީހުންނާއެކު މަސްހުނިވޭ، މިއީ މޮޔަކަމުގެ އިންތިހާ!

ދެން އެމްވީ ، ދެން އޮންލައިން

ގަސްދުގައި ބަލިވުމުގެ ބޭނުމުގައި އެމެރިކާގެ ބައެއް މީހުން ކޮވިޑް19 ޖެހިފައިވާ މީހުންނާއެކު މަސްހުނިވެ އުޅޭ ކަމަށް ބޭރުގެ މީޑިއާތައް ރިޕޯޓްކޮށްފިއެވެ.

Ads by Sosun Fihaara

ނޯތުކެރޮލީނާގެ ނަރުހަކު ހާމަކުރިގޮތުގައި، މި ފަހަކަށް ގަސްތުގައި ކޮވިޑް-19 ޖެހިފައިވާ މީހުނާ މަސްހުނިވެގެން ގަސްދުގައި ބަލިޖެހުނު ގިނަ ބަޔަކަށް ފަރުވާދީފި ކަމަށާއި އެމީހުން މި ނުރައްކާތެރި ވައިރަސް ދެކެ ބިރު ނުގަންނަކަމަށެވެ. ނޮވަންޓް ހެލްތު ފޯރސީތު މެޑިކަލް ސެންޓަރުގައި މަސައްކަތް ކުރާ ޔޮލަންޑާ އެންރިޗް އިތުރަށް ބުނިގޮތުގައި، އެހިސާބުގެ ގިނަ ބައެއްގެ ފަރާތުން މިވާހަކަ އަޑުއިވިފައިވަ ކަމަށާ، ގަސްތުގައި އެއްވުންތައް ބާއްވާ ގިނަ މީހުންނާ ބައްދަލުވެ އުޅެނީ ބަލިޖެހުމުގެ ފުރުސަތު އިތުރުކުރުމުގެ ބޭނުމުގައި ކަމަށެވެ.

އެހިސާބުގެ ޒުވާނުން ޤަބޫލު ކުރާ ގޮތުގައި ކޮވިޑް-19 ޖެހުމުން ހަށިގަނޑުގައި އުފެދޭ އެންޓިބޮޑީގެ ސަބަބުން ދިފާޢީ ނިޒާމް ފުރިހަމަ ވާކަމަށާއި، އޭގެ ފަހުން ބަލިޖެހިދާނެތީ ބިރުން ރައްކާތެރިވެގެން އުޅެން ނުޖެހޭނެއެވެ. ނަމަވެސް މިގޮތަށް އުފެދޭ އެންޓިބޮޑީގެ ސަބަބުން ދިފާޢި ނިޒާމް ބާރުގަދަވާކަމެއް ސިއްޙީ މާހިރުން ޔަގީންކޮށެއް ނުދެއެވެ. އެންރިޗް ހާމަ ކުރިގޮތުގައި މިއީ ވަރަށް ބޮޑަށް ކަންބޮޑުވާން ޖެހޭ ކަމެއް ކަމަށާއި މިކަމުގެ ސަބަބުން މުޖުތަމަޢުގެ ގިނަ ބަޔަކަށް ބަލިޖެހި އޭގެ ސަބަބުން ބައެއްގެ ފުރާނަ ނުރައްކަލަށް ހުށަހެޅިގެން ހިނގައިދާނެއެވެ.

އެމެރިކާ ސަރުކާރުން މިކަމާ ވާހަކަ ދެއްކި އޮފިޝަލު ރޯއީ ކޫޕަރ ބުނީ އެ ޒުވާނުންގެ ވިސްނުމަކީ ވަރަށް ތާކުންތާކު ނުޖެހޭ ސޭކު ވިސްނުމެއް ކަމަށާއި، މިކަމުގެ ސަބަބުން އެކަން ކުރާމީހުންގެ އާއިލާގެ ނުވަތަ ގާތްމީހެއްގެ ފުރާނައަށް ނުރައްކާ ވުމަކީ ވަރަށް ގާތްކަމެއް ކަމަށެވެ. އަދި މިއީ އިންތިހާއަށް ފަރުވާ ކުޑަ އަދި އެއްގޮތަކަށްވެސް ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް ވެސް ކޫޕަރ ވަނީ އިންޒާރުދީފައެވެ. ކެރޮލީނާގެ ޑިޕާޓްމަންޓް އޮފް ހެލްތު އެންޑް ހިއުމަން ސަރވިސަސްގެ ސެކެރެޓަރީ ޑރ. މެންޑީ ކޯހެން ހާމަ ކުރި ގޮތުގައި، އެއްވެސް ހާލަތެއްގައި މީހަކު މި ބައްޔަށް ގަސްތުގައި ހުށަހެޅިގަންނަން ޖެހޭ ސަބަބެއް ނުވިސްނޭ ކަމަށާ، މުޖުމަތަޢުގައި މިބަލި ކޮންޓްރޯލް ކޮށްފައި ބާއްވަން ބޭނުންވަނީ، ސިއްޙީ މައްސަލަތައް ހުރި އަދި އުމުރުން ދުވަސްވީ މީހުން މިބަލިން ރައްކާތެރިކުރުމަށް ކަމަށް ވެސް ކޯހެން ހާމަ ކުރިއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!