ޚަބަރު

މަނަދޫން ފައްސިވި މީހާއާ ގުޅިގެން ނެގި ސާމްޕަލްތައް ނައްސި

ދެން އެމްވީ ، ދެން އޮންލައިން

މަނަދޫން ކޮވިޑް-19 އަށް ފައްސިވި މީހާއާ ގުޅިގެން ނެގި ސާމްޕަލްތައް ނައްސި ވެއްޖެއެވެ.

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ކޮވިޑް-19ގެ ތަރުޖަމާނު މަބްރޫކު ޢަޒީޒް ވިދާޅުވީ މަނަދޫން ފައްސިވި މީހާއާ ގުޅުންހުރި 81 މީހެއްގެ ސާމްޕަލް ނަގައި ޓެސްޓް ކޮށްފައިފައިވަކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ އެ ރަށުން އެންމެ ފުރަތަމަ ފައްސިވި މީހާއާ އެެކި ގޮތްގޮތުން ދިމާވި މީހުންކަމަށްވެސް މަބްރޫކް ވިދާޅުވިއެވެ.

އަދި އެކްޓިވް ސަވައިލެންސްގެ ގޮތުގައި ފާހަގަކުރެވުނު 30 ސާމްޕަލަކާއި، ރީސާމްޕަލްގެ ގޮތުގައި އަލުންނެގި 1 ސާމްޕަލާއި، ޑައިރެކްޓް ކޮންޓެކްޓުގެ ގޮތުގައި ނެގި ސާމްޕަލެއް ހިމެނޭކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މަނަދޫން އެންމެ ފުރަތަމަ ކޮވިޑް ކޭސްއެއް ފެނިފައިވަނީ މިމަހުގެ ފުރަތަމަ ދުވަހުއެވެ. އެމީހާއަށް އައިޖީއެމް ހޮސްޕިޓަލުގައި ފަރުވާދިނުމަށްފަހު ބަލިން ފަސޭހަވި ނަމަވެސް ބަލިން ރަނގަޅުވީފަހުން އިއްޔެ ވަނީ ނިޔާވެފައެވެ.

މަނަދޫން އިތުރު 9 މީހަކު ކޮވިޑަށް ފައްސިވެފައިވަނީ މިމަހުގެ 15 ވަނަ ދުވަހުއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!