ދުނިޔެ

ލަންކާގައި "މަރުވެގެން ވަޅުލި މީހަކު" އެއްމަސް ފަހުން އެނބުރި ގެއަށް

ދެން އެމްވީ ، ދެން އޮންލައިން

އަވަށްޓެރި ސްރީލަންކާގެ އަތުރުގިރިޔާގައި ހިނގި އެކްސިޑެއްޓެއްގައި "މަރުވެގެން" ވަޅުލި މީހަކު އޭގެ އެއްމަސް ފަހުން އެނބުރި އަވަށަށް އައުމުން އަވަށު މީހުނަށް ބޮޑު ހައިރާން ކަމެއް ލިބިއްޖެއެވެ.

Ads by Sosun Fihaara

މީގޮޑާގެ މުތުހެނާ ސަރަހައްދަށް ނިސްބަތްޗާ ދަންދިރިސް ޕެރޭރާ ނަމަކަށް ކިޔާ މި މީހާ އެހެން ހިސާބަކަށް މަސައްކަތު ދިޔައީ ފެބްރުއަރީ 4 ވަނަ ދުވަހުއެވެ. ލަންކާގައި ކާފިއު އިޢްލާން ކުރީ މަރޗް 20 ގައެވެ. ލޮކްޑައުންގައި ތާށިވެފައި ހުއްޓާ، ޕެރޭރާ އުޅޭ ހިސާބުގައި ހިނގި އެކްސިޑެއްޓެއްގައި މީހަކު މަރުވެގެން އެއީ ކާކުކަން އޮޅުން ފިލުވުމަށް ކުރެވުނު މަސައްކަތުގެ ތެރޭގައި ޕެރޭރާގެ އާއިލާގެ މީހުން، އެއީ ޕެރޭރާގެ ހަށިގަނޑުކަން ޔަގީން ކޮށް ދިނެވެ. އެހިސާބުން އާއިލާ އާއި ހަށިގަނޑު ހަވާލު ކުރުމުން ޖަނާޒާގެ ކަންކަން ފުރިހަމަ ކޮށް އާއިލާއިން އޭނާ ވަޅުލިއެވެ.

އޭގެ އެއް މަސްފަހުން ލަންކާގެ ކާފިއުއަށް ލުޔެއް ދިނުމުން ޕެރޭރާ އެނބުރި އަވަށަށް ދިޔައެވެ. ޕެރޭރާ ފެނުމުން އަވަށު މީހުނަށް ގަބޫލު ނުކުރެވޭ ވަރުގެ ބޮޑު ހައިރާންކަމެއް ލިބުނެވެ. އާއިލާގެ މީހުންވެސް ތިބީ ބަސް ހުއްޓި ބުނާނެ އެއްޗެއް ނޭނގިފައެވެ. ޕެރޭރާ ފެނުމުން އެންމެން އޭނާއަށް ފިލަންވެގެން ދުވެ ހެދުމުން، ޕެރޭރާ އެންމެ ފަހުން ދިޔައީ ފުލުހުން ގޮވައިގެންނެވެ. އަދި ފުލުހުންގެ ހާޟިރުގައި ކަންވީ ގޮތް ކިޔައިދިނެވެ. ގެއަށް އަންނަން އުޅެނިކޮށް ލޮކްޑައުން އިޢްލާން ކުރުމުން އެހެން ހިސާބެއްގައި ތާށިވެ ހުރުމަށްފަހު، ލޮކްޑައުންއަށް ލުޔެއް ލިބުމުން އެނބުރި އަވަށަށް ދިޔައީ ކަމަށް އޭނާ ބުންޏެވެ.

ޕެރޭރާގެ ވާހަކަ ތަކަށްފަހު އާއިލާއިން ވަނީ ޕެރޭރާގެ މަހާނަ ވެސް އޭނާއަށް ދައްކާފައެވެ. ޕެރޭރާ ބުނީ ދިރިހުރެ އަމިއްލަ މަހާނާ ފެނުނު ފުރަތަމަ މީހަކަށް އޭނާ ވެއްޖެ ކަމަށެވެ. މިހިސާބުން ދެން އުފެދޭ ސުވާލަކީ ޕެރޭރާ ސަލާމަތުން ދިރިހުރިނަމަ ދެން ޕެރޭރާކަމަށް ހީކޮށް އާއިލާއިން ވަޅުލީ ކާކު ހެއްޔެވެ؟ ފުލުހުންދަނީ މިހާރު މިކަމުގެ ތަހުގީގުތައް ކުރަމުންނެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!