Friday, 30 October 2026
Advertisement
Ooredoo — Article-Top (leaderboard)
ދުނިޔެ

ސިއްހީ ހިދުމަތްތެރިންނަށް ޝުކުރު އަދާ ކުރީ މުސާރަ ބޮޑުކޮށްދީގެން

ކޮވިޑް19 އާ ދެކޮޅަށް ބޮޑެތި ގުރުބާނީ ތަކެއް ވަމުން އަންނަ ސިއްހީ ހިދުމަތްތެރިންގެ އަގު އަދާކުރުމުގެ ގޮތުން ކެނެޑާގައި ސިއްހީ ހިދުމަތްތެރިންގެ މުސާރަ ބޮޑުކޮށްދީފިއެވެ.

ސިއްހީ ހިދުމަތްތެރިންގެ މުސާރަ ބޮޑުކުރާނެ ކަން ކެނެޑާގެ ބޮޑު ވަޒީރު ޖަސްޓިން ޓްރުޑައު ވަނީ ކުރިން އިއުލާނުކުރައްވާފައެވެ، އަދި މި ޕްލޭންގެ ބަޖެޓްގެ ގޮތުގައި ހަތަރު ބިލިއަން ޑޮލަރު ވަނީ ކަނޑައަޅާފައެވެ.

އެގޮތުން މި ޕްލޭންގެ ދަށުން 1800 ޑޮލަރަށް ވުރެ ކުޑަ މުސާރައެއް ލިބޭ މުވައްޒަފުންގެ މުސާރަވަނީ ބޮޑުކޮށްދޭން ހަމަޖެހިފައެވެ. ކެނެޑާގައި 1800 އެމެރިކާ ޑޮލަރަކީ އެންމެ އަސާސިީ މުސާރައެވެ.

Advertisement
HDC — Sidebar (box)

މުސާރަ ބޮޑުކޮށްދެއްވަމުން ކެނެޑާގެ ބޮޑު ވަޒީރު ވަނީ އަމިއްލަ ފުރާނަ އަތް މައްޗަށް ލައިގެންވެސް ގައުމަށްޓަކައި ކުރައްވާ މަސައްކަތުން ލިބެނީ އެންމެ އަސާސީ މުސާރަ ކަމުގައި ވާނަމަ އެމީހެއްގެ މުސާރަ ބޮޑުކުރަން ޖެހޭ ކަމަށް ވިދާޅުވެފައެވެ.

ނުރައްކާތެރި ކޮވިޑް19 ޖެހިގެން ކެނެޑާއިން މިހާތަނަށް 82 ހާހަށް ވުރެ ކޭސް ރިޕޯޓުކުރެވިފައިވާއިރު ހަ ހާށްވުރެ ގިނަ މީހުން މަރުވެފައެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް