ލައިފްސްޓައިލް

ރެސިޕީ: ޗޮކްލެޓް ކޮކޮނަޓް ބްރައުނީސް

ދެން އެމްވީ ، ދެން އޮންލައިން

ބޭނުންވާ ތަކެތި:

ބަޓަރ

2 ޑާރކް ޗޮކުލެޓް

1 ސަމުސާ ކޮފީ

½ ޖޯޑު ހަކުރު

ކުޑަ ލޮނު ކޮޅެއް

3 ބިސް

1 ސަމުސާ ވެނީލާ އެސެންސް

2 ސަމުސާ ކޮކޯ ޕައުޑާާ

1/3 ޖޯޑު ފުށް

ކާށި ހުނި

1 ދަޅު ގެރި ކިރު

ހަދާނެ ގޮތް

ފުރަތަމަ 1 ޑަރކް ޗޮކުލެޓް ބަޓާރ ކޮޅާއެއްކޮށް އާވިން ދިޔާ ކޮށްލާށެވެ. ދިޔާ ވުމުން އޭގެތެރެއަށް ކޮޕީ، ކޮކޯ ޕައުޑާ، ވެނީލާ އެސެންސް، ހަކުުރު، އަދި ލޮނު ކޮޅު އަޅާ އެއްކޮށްލާށެވެ. އެއްކޮށްލުމަށް ފަހު ފުށް ކޮޅު އަޅާ އެއްކޮށްލާށެވެ. އެއަށްފަހު ހޫނުމިން 350 ގައި ބެހެއްޓުމަށް ފަހު 30-35 މިނެޓް ފިހާށެވެ.

ފިހެވުމުން ކާށި ހުނި އަދި ގެރިކިރު އެއްކޮށްލުމަށްފަހު މަތީގައި ފަތުރާށެވެ. އަދި ހުނިތަށް އެއްކޮށް ފޮރުވޭވަރަށް ބާކީ އޮތް ޗޮކުލެޓް ދިޔާ ކޮށްލުމަށްފަހު މައްޗަށް އަޅާށެވެ.

ކެއުމަށް އެންމެ ރަނގަޅު ވާނީ ޕްރިޖް ގައި ބަހައްޓައިގެން ފިނިކޮށްލުމަށް ފަހު އެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!