ދުނިޔެ

ކޮރޯނާވައިރަސް އެއްފަހަރު ޖެހުމަށް ފަހު، ވައިރަސް ނުޖެހި ހުންނަނީ ހަމަސް ވަންދެން

ދެން އެމްވީ ، ދެން އޮންލައިން

މީހަކަށް ކޮރޯނާވައިރަސް ޖެހުމުން ހަށިގަނޑުގައި އުފެދޭ އެންޓިބޮޑީގެ އެހީގައި ދެން އެމީހަކަށް ވައިރަސް ނުޖެހި، ދިފާޢި ނިޒާމް ވަރުގަދަކޮށް ހުންނާނެކަން، ކޮވިޑް-19 ފެށުނު ހިސާބުންވެސް އެނގެއެވެ. ނަމަވެސް މިހެން ދިފާޢީ ނިޒާމް ވަރުގަދަކޮށް ހުންނަނީ ކިހާދުވަހެއް ވަންދެންކަން ކުރިން އޮތީ ބަހުސެއްގެ ތެރޭގައެވެ. މިހާރު ރިސާޗްކުރާ ފަރާތްތަކުން ވަނީ އެމުއްދަތަކީ 6 މަސް ކަމަށް، ރިސާޗްގެ އަލީގައި ހާމަ ކޮށްފައެވެ.

Ads by Sosun Fihaara

ރިސާޗް ކުރާ ބަޔަކު ވަނީ، ހަތަރު ވައްތަރެއްގެ ކޮރޯނާވައިރަސް، 35 އަހަރު ވަންދެން ދިރާސާ ކޮށްފައެވެ. 10 މީހުން ބޭނުން ކޮށްގެން ކުރި މިދިރާސާއިން ފާހަގަވީ އެއް ފަހަރު ވައިރަސް ޖެހުމަށްފަހު 6 މަސްވަންދެން ހަށިގަނޑުގައި ފުދޭވަރުގެ މިންވަރަކަށް އެންޓިބޮޑީ ހުންނަ ކަމާއި ނަމަވެސް 6 މަސް ފަހުން އެ އަދަދު މަޑުމަޑުން މަދުވާން ފަށާ ކަމަށެވެ. އަދި 12 މަސް ވުމަށްފަހު ވަރަށް ބޮޑުތަނުން އެންޓިބޮޑީ މަދުވާކަމަށް ފާހަގަ ވި ކަމަށް މި ދިރާސާގައި ހާމަކޮށްފައިވެއެވެ. ޔުނިވަރސިޓީ އޮފް އެމްސްޓެޑަމްގެ ރިސާޗްކުރާމީހުން 35 އަހަރު ވަންދެން މި ދިރާސާގައި ބޭނުންކޮށްފައި ވަނީ އަރިދަފުސް ރޯގާ ޖައްސާ ހަތަރު ވައްތަރެއްގެ ކޮރޯނާވައިރަސްއެވެ.

އިނގެރޭސީން މިފަދަ ދިރާސާއެއް ކުރިއަށް ގެންގޮސްފައިވާއިރު ހެލްތު ސެކްރެޓަރީ މެޓް ހެނޮކް ހާމަ ކުރިގޮތުގައި އެގައުމުން ވަނީ 10 މިލިއަން އެންޓިބޮޑީ ޓެސްޓް ކިޓް ގަތުމުގެ އެއްބަސް ވުމެއްގައި ސޮއިކޮށްފައެވެ. އެންޓިބޮޑީ ޓެސްޓް ކުރުމުން ވަޒީފާތަކަށް ގިނަ ބަޔަކު ނިކުތުމަށް ހުއްދަދެވޭނެއެވެ. އަދި މިކަމުގެ ސަބަބުން ގައުމު އިގްތިޞާދު ހުޅުވާލެވި ކަންކަން ހަމަ މަގަށް އެޅެން ފަށާ، ރައްޔިތުން އާންމު ދިރިއުޅުމުގައި އުޅެން ފެށުމުގެ މަގުތަނަވަސް ވާނެއެވެ.

އިނގިރޭސިވިލާތުގައި މިހާތަނަށް254,295 މީހަކަށް މިބަލި ޖެހި 36،393 މީހަކު ވަނީ މަރުވެފައެވެ. އަދި 1،559 މީހަކަށް މިހާރުވެސް ކްރިޓިކަލް ކެއަރގައި އަންނަނީ ފަރުވާ ދެމުންނެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!