ލައިފްސްޓައިލް

ވަކިވަކިން ނުކިޔުނަސް ހުރިހާ އެންމެނަށް ވެސް އީދު މުބާރަކް!

ދެން އެމްވީ ، ދެން އޮންލައިން

މާދަމާއަކީ 1441 ވަނަ އަހަރުގެ ފިޠުރު ޢީދު ދުވަސް ކަމަށް އިސްލާމިކް މިނިސްޓްރީއިން ކަނޑައަޅާފައިވާއިރު އީދު ގެ ތަހުނިޔާ ތަކުން މީސް މީޑިއާ އާއި ފޯންގެ މުވާސަލާތީ އެޕްލިކޭޝަންތައް ދަނީ ފުރެމުންނެވެ.

Ads by Sosun Fihaara

ލޯބިވާ ޢާއިލާއާއި ދުރުގައި ތިބި މީހުންނާއި ގާތް އެކުވެރިންނާއި ދުރުގައި ތިބެން ޖެހިފައި ތިބި އެންމެންނަށް މިއީ ހިތްދަތި ކަމުގެ ޢީދެކެވެ. ފަޅު ކަމުގެ ޢީދެކެވެ. ދުނިޔެއަށް ކުރިމަތިވެފައިވާ ކޮވިޑް19 ގެ ބަލިމަޑުކަމާއެކު މިއަހަރުގެ އީދުވެގެންދާނީ ދިވެހިންނާއި މީގެ ކުރިން ބައްދަލުނުވާ ފަދަ ތަފާތު އީދަކަށެވެ.

މި އީދުގައި އެންމެ ތަފާތުކަމަކަށް އޮންނާނީ އެހެން އަހަރުތަކާއި ހިލާފަށް އީދު ސަލާން ކުރުން ނޯންނާނެތީއެވެ. އަދި ރާއްޖޭގެ ގިނަ ރަށްރަށުގައި އީދު ނަމާދުކުރިކަމުގައިވީނަމަވެސް ވެރިރަށް މާލޭގެ އިތުރުން 25 ރަށެއްގައި ބޮޑު ޖަމާއަތުގައި އީދު ނަމާދެއް ނުކުރާނެއެވެ. އީދު ސައިތައް ވެސް މި އަހަރު ވަރަށް ފަޅުވާނެއެވެ.

ހުރިހާ މީހުން ގޭގައި މަޑުކުރަން ޖެހި އީދު ކުޅިވަރުތައް ވެސް ވެގެންދާނީ ގޭ ހަތަރުފާރު ގެ އެތެރޭގައި ކުޅޭ ކުޅިވަރުތަކަށެވެ.

ނަމަވެސް އަހަރެމެންނާއި އީދު ބައްދަލުކުރީ ކޮންމެ ހާލެއްގައި ނަމަވެސް މި ބަރަކާތްތެރި އީދުގެ ހެޔޮކަން އަހަރެމެން އެންމެން ވެސް ލިބިގަންނަން ޖެހެއެވެ.ޢީދު ދުވަހަށްފަހު ފެށޭ ހަރޯދަ ހިފާ މުޅި އަހަރު ދުވަހުގެ ރޯދަ ހިފުމުގެ ޘަވާބު ލިބިގަންނަން ޖެހެއެވެ. މި ރޯދަ މަހުގައި އަހަރެމެންނާއި ތިޔަބައިމީހުން ކުރި ހެޔޮ ޢަމަލުތައް ﷲ ޤަބޫލު ކުރައްވާންދޭވެ! އުފާވެރި ޢީދަކަށް އެދެމެވެ. އަދި ބަރަކާތްތެރި ފިތުރު އީދު ދުވަހުގެ ތަހުނިޔާ އާއި ހެޔޮ އެދުންތައް ދިވެހި އެންމެހާ ލޮބުވެތި ރައްޔިތުންނަށް "ދެން" ގެ ފަރާތުން ފޮނުވަމެވެ.

تقبل الله منا ومنكم ، عيد سعيد

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!