ލައިފްސްޓައިލް

"އީދު ތަހުނިޔާ ގެ މެސެޖް ބީއެމްއެލް އެޕް މެދުވެރިކޮށް ފޮނުވައިފިއްޔާ ހެޔޮހިތުން ގަބޫލުކުރާނަން"

ދެން އެމްވީ ، ދެން އޮންލައިން

ދިވެހިންނަކީ ދުވަސްކޮޅު ކޮޅުން އާ ޓްރެންޑުތައް އެތަން މިތަނުން ހޯދާ ބަލާ ދަސްކޮށްގެން، އެގޮތަށް އަމަލު ކުރުމުގެ ރިކޯޑު ހަދާފައިވާ ބައެކެވެ.
އެކިއެކި ލަވައާއި، ވީޑިއޯތައް އުފެއްދުމުގެ ޓްރެންޑުވެސް ހަދަމުން، މީސްމީޑިއާގައި އެކި ކުޅިވަރުތައް ކުޅެއެވެ.

Ads by MWSC

އެގޮތުން މީގެކުރިން ކުރަމުން އައި އެއް ކަމަކީ އުފަން ދުވަސް އައުމުން އެކައުންޓު ނަންބަރ ޖަހާފަ، ހެޔޮ އެދޭ މީހުން ފައިސާ ޖަމާކުރުމަށް ބުނުމެވެ. ގިނަ މީހުން އެކަން މަޖަލަކަށް ނަގާ، ދިހަ ލާރިން، 50 ރުފިޔާއިން ވެސް ޓްރާސްފަރ ކޮށްފަ ހުރެއެވެ. ނަމަވެސް ބައެއް މީހުން އެކަން ވަރަށް ސީރިއަސްކޮށް ނަގާ، 15،000 ރުފިޔާއިން ވެސް ޓްރާންސްފަރ ކޮށްފައި އެބަ ހުއްޓެވެ.

މިއަހަރުގެ ޢީދާއި ދިމާކޮށްވެސް މިވަނީ އެކަހަލަ ޓްރެންޑެއް ފެށިއެވެ. ފޭސްބުކް މެސެންޖާރގަ "ޢީދު މުބާރަކް" ކިޔާ ކޮންމެ މީހަކަށް ވެސް އެކައުންޓު ނަންބަރު ފޮނުވުމާއި، ފައިސާގެ އެހީއިން ޢީދު ތަހުނިޔާ ކިޔަން ބުނުމެވެ. މިފަދައިން ޢަމަލު ކުރާނެ ކަމަށް ކުރިންވެސް ބުނެ އިންޒާރުދިން މީހަކު ގާތު އެއީ ހަމަ ސީރިއަސްކޮށް ބުނި އެއްޗެއްތޯ އަހާލީމެވެ.

"އާނ އެހެންޏަ. އަސްލުގަ އިނގޭ މީހުން ޢީދު މުބާރަކް ކިޔަން ބޭނުންވާނެކަން. މަވެސް ކިޔަން. އެކަމަކު ބައެއް މީހުން ސްޓޭޓަސްގަ އެހެން ޖަހާފަ، އެއަށް ޖަވާބު ދީފަ މަވެސް ޢީދު މުބާރަކް ކީމަވެސް އަދި ހަމަ ވަކިން ޕްރައިވެޓްގަ ވެސް ތަހުނިޔާ ފޮނުވާ. ދެން މާގިނައިން ޕްރައިވެޓްގަ އެމެސެޖުތައް ލިބެނީ ދޯ. އެހެންވެ ފޭސްބުކްއިން ކޮންމެވެސް ޕޭޖަކުން އެޕޯސްޓު ފެނިގެން މަވެސް ބުނީ އެކައުންޓު ނަންބަރ ދޭނަމޭ. ކިޔާފަ ދޭންވެސް ދީފިން. ބައެއް މީހުން ހަމައެކަނި ހިނިގަނޑެއް ޖަހާފަ ނިންމާލާ، އަނެއް ބަޔަކު ދީފި 100 ރުފިޔާ 50 ރުފިޔާވަރު" ޖަވާބުގައި އޭނަ ބުންޏެވެ.

ކޮންމެހެނަކަސް މިއީ ޓްރެންޑެއް ކަމެއް، މަޖަލަކަށް ކުޅޭ ގޭމެއްކަމެއް، ނުވަތަ މޮޅުގޮތަކަށް ސަލާން ޖެހުން ކަމެއް ނޭނގެއެވެ. ނަމަވެސް އާމްދަނީ އިތުރުކުރަން މިވެސް ދެރަ ޙިޔާލެކޭ ނުބުނާނަމެވެ. ދޭ މީހުން ދެން މިކުރެވެނީ ޞަދަޤާތެކޭ ހީކޮށްލާފަ ފައިސާކޮޅެއް ޓްރާންސްފަރ ކޮށްލާށެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!