ލައިފްސްޓައިލް

ބައްޕަ ބުނަނީ ދަރިފުޅަށް ކޮވިޑް ޖެހިގެން މަރުވީ މާބޮޑަށް ފަލަ ވުމުން ކަމަށް

ދެން އެމްވީ ، ދެން އޮންލައިން

އެމެރިކާގައި ކޮވިޑް ޖެހުނު އަންހެނަކު މަރުވީ މާބޮޑަށް ފަލަވުމުން ކަމަށް އޭނާގެ ބައްޕަ ބުނެފިއެވެ.

Ads by STELCO

މާކޯސް މެލެންޑޭސްގެ އުމުރުން 24 އަހަރުގެ ދަރިފުޅު ސިލްވިއާ އަށް ކޮވިޑް ޖެހިގެން މަރުވީ މާރޗު މަހުގެ ތެރޭގައެވެ.

ސިލްވިއާގެ ބޮޑީ މާސް އިންޑެކްސް އަކީ 60 ކަމަށް ވާއިރު، އެއީ ފަލަ، ނުވަތަ ބޮޑު ބަރުދަނެއް ހުންނަ މީހަކަށް ވުރެ ދެ ގުނަ އިތުރު އަދެދެކެވެ. ބީއެމްއައި 40 އަށް ވުރެ މަތި ވެއްޖެ ނަމަ އެއީ ސީރިއަސް ސިއްހީ މައްސަލައެއްގެ ގޮތުގައި ބެލެވިދާނެއެވެ.

ސިލްވިއާގެ ހަކުރު ބަލި ހުންނައިރު، ލޭ މައްޗަށް ދިއުމާއި ހިތުގެ ބަލި ހުރި މީހެކެވެ. އޭނާ ވަނީ މީގެ ދެ އަހަރު ކުރިން ހިތުގެ ބޮޑު އޮޕަރޭޝަނެއް ވެސް ކޮށްފައެވެ. އޭގެ ސަބަބުން ސީރިއަސް ބައްޔެއް ޖެހުމުގެ ފުރުސަތު އޮތް ކަމަށް ޑޮކްޓަރުން ވެސް ވަނީ ބުނެފައެވެ.

ސިލްވިއާގެ އާއިލާ އެންމެން މިހާރު ގަބޫލު ކުރާ ގޮތުގައި އޭނާ މަރުވެފައި ވަނީ މާ ބޮޑަށް ފަލަވުމުގެ ސަބަބުންނެވެ.

ސިލްވިއާގެ މަރާ އެކު އޭނާގެ ބައްޕަ އާއި އާއިލާ މިހާރު މަސައްކަތް ކުރަމުން ދަނީ ދުޅަހެޔޮ ސިއްހަތެއްގައި އުޅެވޭތޯ އެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!