ދުނިޔެ

ކޮރޯނާވައިރަސްގެ ސަބަބުން މާބަނޑު އަންހެނުންގެ ބަނޑުގައިވާ ދަރިފުޅަށް ލޭ ދައުރުކުރުން ހުއްޓިދާނެ

ދެން އެމްވީ ، ދެން އޮންލައިން

ކޮރޯނާވައިރަސްއަކީ ބަނޑުގައިވާ ތުއްތު ދަރިފުޅަށް ގެއްލުން ދީފާނެ އެއްޗެއް ކަމަށް ޑޮކްޓަރުން އިންޒާރު ދީފިއެވެ.

Ads by WAMCO

މި އިންޒާރުގައި ޑޮކްޓަރުން ބުނެފައިވަނީމަންމައަށް ކޮރޯނާވައިރަސް ޖެހިފައިވާ ނަމަ އޭގެ ސަބަބުން ތުއްތު ދަރިފުޅުގެ ފޫޅުދަނޑިއަށް ގެއްލުން ލިބި، ލޭ ހިނގުން ހުއްޓިދާނެ ކަމަށެވެ. އަދި ވިހާއިރު ބަރުދަން ލުއިވުމުގެ އިތުރުން، ގުނަވަންތަކަށް ގެއްލުން ލިބުމާއި ބަނޑަށް ދަރިފުޅު މަރުވުމުގެ ފުރުސަތު އެބައޮތް ކަމަށްވެސް ޑޮކްޓަރުންވަނީ ހާމަކޮށްފައެވެ.

މަދުބަޔަކު ބޭނުންކޮށްގެން އެމެރިކާގައި ހެދި މިދިރާސާއިން އެނގުނު ގޮތުގައި، 15 އަންހެނެއްގެ މަހުގައި (ޕްލެސެންޓާ) އެކިވަރުގެ ޒަޚަމް ހުއްޓާވަނީ ފެނިފައެވެ. އަދި މިމީހުންގެ މުހިންމު ގުނަވަންތަކެއް ހަލާކުވެފައި ހުރުމުގެ އިތުރުން ލޭ ގަނޑުވުމުގެ މައްސަލަ ވަނީ ފާހަގަ ވެފައެވެ. މިކަމުގެ ސަބަބުން ތުއްތު ދަރިފުޅަށް އެކަށީގެންވާ ވަރަށް އޮކްސިޖަން އަދި ކާނާ ލިބުމުގައި ދަތިތައް ކުރިމަތިވެއެވެ.

16 މީހަކު ބައިވެރިކޮށްގެން އިލިނޮއިސްގެ ނޯތުވެސްޓަރން ޔުނިވަރސިޓީއިން ހެދި، މި ދިރާސާގައި ބައިވެރިކުރި 15 މީހަކު، ދުވަސްފުރާ، ވިހަން އޮތް ތާރީޚުގައި ވިހޭކަން ވަނީ ފާހަގަ ވެފައެވެ. އަދ މިކުދިންގެ އިތުރު ސިއްޙީ މައްސަލައެއްވެސް ފާހަގަ ވެފައެއް ނުވެއެވެ. ނަމަވެސް ދިރާސާގެ 16 ވަނަ ބައިވެރިޔާ ވަނީ ބައިގެންގޮސްފައެވެ. މިކަން މިހެން ދިމާވީ ކޮރޯނާވައިރަސްގެ ސަބަބުން ކަން ޔަގީނެއް ނުވެއެވެ. މި މީހާއަށް ބަލިޖެހިފައިވީ ނަމަވެސް އެއްވެސް އަލާމާތެއް ފެންނާކަށް ނެތެވެ. މިއީ ފުޅާދާއިރާއެއްގައި އެއްޗެއް ބުނެވޭ ވަރަށް ވުރެ ކުޑަ ދިރާސާއެއް ނަމަވެސް މިދިރާސާއަށް ފަހު ޑޮކްޓަރުންވަނީ މާބަނޑު އަންހެނުން ގަވާއިދުން ބެލުމަށް ހަރުކަށި އިރުޝާދު ދީފައެވެ. މިޔުނިވާރސިޓީގެ އެސިސްޓެންޓް ޕްރޮފެސަރ އޮފް ޕެތޮލޮޖީ ޑރ. ގޯލްޑްސްޓީން ހާމަ ކުރި ގޮތުގައި ކޮރޯނާވައިރަސްގެ ސަބަބުން ތުއްތުދަރިފުޅަށް ގެއްލުމެއް ނުލިބި، ދުވަސްފުރާ ވިހޭ ނަމަވެސް މަހަށް ލިބިފައިވާ ގެއްލުމަކީ ފާހަގަނުކޮށް ދޫކޮށް ލެވޭނެ ކަމެއް ނޫނެވެ.

ނޯތުވެސްޓަން މެޑިސިން ޕްރެންޓިސް ވުމަންސް ހޮސްޕިޓަލްގައި މާރޗް 18 އިން މޭމަހުގެ 5 އާ ދޭތެރޭގައި ވިހޭ މީހުން ބޭނުން ކޮށްގެން ހެދި މިދިރާސާއަށް ފަހު އެނގުނު އަނެއްކަމަކީ، ކޮރޯނާވައިރަސް ޖެހުމުން ލޭ ގަނޑުވުމުގެ މައްސަލަ ދިމާވާ ކަމާ، މަހަށް މިލިބޭ ގެއްލުމަކީ އެކަމުގެ ސަބަބުން ވާކަމެއް ކަމަށެވެ. އަދި ކޮވިޑް-19 ޖެހިފައިވާ މައިންނަށް ލިބޭ ދަރިން މޮނިޓަރ ކުރަމުން ދިއުމަކީ ވެސް މުހިންމު ކަމެއްކަމަށް ޑރ. ގޯލްޑްސްޓީން ހާމަ ކުރިއެވެ. ސަބަބަކީ 1918 އަދި 1919 ގައި ސްޕެނިޝް ފްލޫ ޖެހިފައިވާ މައިންނަށް ލިބުނު ދަރިންގެ ތެރޭގައި ހިތުގެ މައްސަލަ ގިނަކަން ފާހަގަވެފައި ވާތީއެވެ. ދިރާސާގައި ބައިގެންދިޔަ އަންހެން މީހާއާ ގުޅޭގޮތުން ޑޮކްޓަރު ބުނީ، އެމީހާގެ ކިބައިން އަލާމާތް ނުފެނި ހުރީތީ އޭގެ ސަބަބުން ބަނޑުގައިވާ ދަރިފުޅަށް ގެއްލުން ލިބުނު ކަމަށް ވުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމަށެވެ. މިދިރާސާ ރިޕޯޓްވަނީ އެމެރިކަން ޖާރނަލް އޮފް ކްލިނިކަލް ޕެތޮލިޖީގައި ވެސް ޝާއިޢުކޮށްފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!