Wednesday, 28 October 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

ލޮކްޑައުންގެ ސަބަބުން ހާޓް އެޓޭކް ޖެހޭ މީހުންގެ އަދަދު އިތުރުވެދާނެ!

ލޮކްޑައުންގެ ސަބަބުން ހާޓްއެޓޭކް ޖެހޭ މީހުންގެ އަދަދު އިތުރުވުމުގެ ފުރުސަތު އެބަ އޮތް ކަމަށް ދިރާސާއަކުން ދައްކައިފިއެވެ.

އެ ދިރާސާއިން ދައްކާ ގޮތުގައި މުޖްތަމައާ އެކަހެރިކޮށް އުޅޭ މީހުންނަށް ހިތުގެ ސްޓްރޯކެއް ނުވަތަ ހާޓް އެޓޭކެއް ޖެހުނު ފުރުސަތު 40 ޕަސެންޓަށް އިތުރުވެއެވެ.

އަދި އެކަހެރިވާ މީހުންގެ މީހުން ކޮންމެވެސް ސަބަބަކާ ހުރެ މަރުވުމުގެ ފުރުސަތު 50 ޕަސެންޓު އިތުރު ކަމަށް އެ ދިރާސާގައި ބުނެފައިވެއެވެ.

Advertisement
Allied Insurance — Square (box)

ޖަރުމަނުގެ އެސެން ޔުނިވާސިޓީގެ ޑޮކްޓަރެއް ކަމަށްވާ ޑރ. ޖެނީން ގްރޮންވޮލްޑް ބުނި ގޮތުގައި އާއިލާއާ ރައްޓެހިންނާ ގުޅުން ނެތި މާގިނަ ދުވަހު އެކަނި އުޅެން ޖެހިއްޖެ ނަމަ މީހާގެ ޖިސްމާނީ ދުޅަހެޔޮކަމަށް ވަރަށް ބޮޑަށް އަސަރު ކުރެއެވެ.

އޭނާ ބުނީ އިޖްތިމާއީ ގުޅުންތައް ވަރުގަދަ ނަމަ އޭގެ ސަބަބުން ހިތަށް އަސަރު ކުރާނެ ކަމަށެވެ. އެގޮތުން ލޭގެ ޕްރެޝަރު ރަނގުވެ، ކޮލެސްޓްރޯލް ލެވެލް ރަނގަޅުވުމުގެ ސަބަބުން ބަރުދަނަށް ވެސް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށް ޑރ. ބުންޏެވެ.

ދިރާސާއިން އިތުރަށް ދައްކާގޮތުގައި މާލީ އެހީތެރިކަން ނުލިބޭ މީހުންނަށް ހިތުގެ ބައްޔެއް ޖެހުމުގެ ފުރުސަތު 30 ޕަސެންޓު އިތުރުވެއެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް