މުނިފޫހިފިލުވުން

ބޮލީވުޑްގެ މަޝްހޫރު ތަރި ކިރަން ކުމާރު ކޮވިޑް-19 އަށްފައްސިވެއްޖެ

ދެން އެމްވީ ، ދެން އޮންލައިން

އުމުރުން 74 އަހަރުގައި ބޮލީވުޑްގެ ކުޅަދާނަ ފިލްމީ ތަރި ކިރަން ކުމާރް ކޮވިޑް19 އަށް ފައްސިވެއްޖެއެވެ.

Ads by STELCO

އިންޑިއާގެ ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި ކިރަން ކުމާރް ވައިރަހަށް ފައްސިވެފައިވައިވާކަން އެނގުނީ މީގެ ދިހަ ވަރަކަށް ދުވަސްކުރިން މެޑިކަލް ޗެކަޕްއެއް ހެދުމަށް ހޮސްޕިޓަލަށް ދިއުމުންނެވެ. އަދި ވައިރަހަށް ފައްސިވުމާއެކު ކިރަން މިހާރު ހޯމް އައިސޮލޭޝަން ގައި ހުންނަތާ ދިހަ ދުވަސް ވެއްޖެއެވެ.

މޭއި މަހުގެ 25 ވަނަ ދުވަހު ކިރަން ގެ ދެވަނަ ޓެސްޓުކުރުން އޮތްއިރު އޭނާގެ ކިބައިން ވައިރަހުގެ އަލާމާތްތައް ނުފެންނަ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ކިރަން ކުމާރަކީ ކުރީގެ ގިނަ ފިލްމްތަކުން ނުބައި ބައި ރޯލުން ފެނިގެންދިޔަ ފަންނާނެކެވެ. އެގޮތުން އޭނާގެ އެންމެ ކާމިޔާބު ފިލްމްތަކުގެ ތެރޭގައި ތެޒާބް، ޗަލާކް އަދި ޖުއާރީ ފަދަ ފިލްމްތައް ހިމެނެއެވެ. މީގެ އިތުރުން މިދިޔަ އަހަރު ނިކުތް ކީޕް ސޭފް ޑިސްޓެންސިން އާއި ދޯސްތީ ޒިންދާބާދް އިން ވެސް އޭނާ ފެނިގެންގޮސްފައިވެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!