ލައިފްސްޓައިލް

ޝެއިޚް ޒައިދު ކެއްކުމާ ބެހޭ ޕޯސްޓުތައް ކުރައްވާ ސަބަބު ވިދާޅުވެއްޖެ

ދެން އެމްވީ ، ދެން އޮންލައިން

ޝެއިޚް އަލީ ޒައިދު މި ދުވަސްކޮޅު މީސްމީޑިއާ ގައި ކެއްކުމާއި ބަދިގެ ތެރެއިން ގިނަ ޕޯސްޓުތައް ކުރައްވަނީ ކީއްވެކަން އާންމުންނާއި ހިއްސާކުރައްވައިފިއެވެ.

Ads by MWSC

ޝެއިޚް ޒައިދު މީސް މީޑިއާގެ ހިއްސާކުރެއްވި ޕޯސްޓެއްގައި ބުނެފައިވަނީ މި ދުވަސްކޮޅު ކެއްކުމާ ބެހޭ ޕޯސްޓުތައް އެހާ ގިނައިން ކުރައްވަނީ ކީއްވެތޯ އަހައި ގިނަ ބަޔަކު ސުވާލު ކުރައްވާ ކަމަށެވެ.

އެގޮތުން ޝެއިޚް ޒައިދު ވިދާޅުވީ މާލެ ލޮކްޑައުން ކޮށްފައި އޮތުމާއެކު މި އަހަރު އީދު މި ފާހަގަކުރަނީ އީދު ފާހަގަކުރަން ހަގީގަތުގައި ޖެހޭ ގޮތަށް ކަމަށެވެ. އަދި މިއީ ހަގީގީ "އީދު އުފާ" ގެ ގޮތުގައި ސިފަކުރައްވާފައިވެއެވެ.

އަދި މި އީދުގެ އުފަލުގައި ހުރިހާ އެންމެންވެސް ބައިވެރިވާން ދެކިވަޑައިގަންނަވާކަމަށް ޝެއިޚް ޒައިދު ވިދާޅުވިއެވެ.

ރޯދަމަސްތެރޭގައި ވެސް ޝެއިޚް ޒައިދު ވަނީ ބައެއް ކެއްކުމުގެ ޕޯސްތުތައް ހިއްސާކޮށްފައެވެ. އެގޮތުން ޝެއިޚް 'ފޮޅި' ފިހަން އުޅުމުގެ ތެރޭގައި ހުރިހާ ފޮޅިތަކެއް އެނދި ޕޯސްޓަށް ގިނަ ބައެއްގެ ސަމާލުކަން ލިބިފައިވެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!