ޚަބަރު

އެޗްޕީއޭ ގެ ހުއްދައާނުލާ ބޭއްވުމަށް ތާވަލްކުރި މަޖިލިސް ޖަލްސާއަށް މެންބަރުން ދިއުމަށް ހުއްދަ ދޭން ފަށައިފި

ދެން އެމްވީ ، ދެން އޮންލައިން

އެޗްޕީއޭ ގެ ހުއްދައަކާނުލާ ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި މާދަމާ ބާއްވަން ތާވަލް ކޮށްފައިވާ ޖަލްސާ އަށް ވަޑައިގަތުމުގެ ހުއްދަ ފުލުހުން ދޭން ފަށައިފި އެވެ.

Ads by STELCO

"ދެން" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މެންބަރުން މާދަމާ ހެނދުނު 11:00 ގައި ބާއްވާ ޖަލްސާ އަށް ވަޑައިގަތުމަށް މެންބަރުންނަށް ފުލުހުންގެ ޕޯޓަލް މެދުވެރިކޮށް ޚާއްސަ ހުއްދައެއް ވަނީ ދޫކުރަން ފަށާފައެެވެ.

މި ލޮކްޑައުންގެ މުއްދަތުގައި އެއްވެސް ބަޔަކަށް ބޭރަށް ނުކުމެވޭނީ ފުލުހުންގެ ޚާއްސަ ހުއްދަ ލިބިގެން ކަމަށްވީއިރު ހުއްދައާނުލާ މަޖިލިސް ފާސް ދައްކާލައިގެން ވެސް މަޖިލީހަށް ވަޑައިގަނެވޭނެ ކަމަށް މަޖިލިސް ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައިވާ ކަމަށް ވެސް ބައެއް މެންބަރުން ވަނީ ވިދާޅުވެފައެވެ.

މި މަހުގެ 28 ވަނަ ދުވަހު ލޮކްޑައުންގެ މުއްދަތު ހަމަވާއިރު، ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ޖަލްސާތައް ނުބޭއްވި އިތުރަށް މަޑު ކުރެވެން ނެތް ކަމަށް ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ އަންގަވާފައެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ތިއްބަވާ ވަޓްސްއެޕް ގްރޫޕްގައި ރައީސް ނަޝީދު ފޮނުއްވި މެސެޖެއްގައި ވަނީ ލޮކްޑައުނާ މެދު އެޗްޕީއޭއިން އަންނަ ބުރާސްފަތި ދުވަހު ގޮތެއް ނިމެން ދެން މަޑުކުރެން ނެތް ވާހަކަ ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް އަންގަވާފައި ވާނެ ކަމަށާއި މާދަމާ ތަޅުމުގައި ޖަލްސާ ބާއްވާނެ ކަމަށެވެ.

މި މައްސަލާގައި ބައެއް މެމްބަރުން އަންނަނީ މީސް މީޑިއާގައި ކަންބޮޑުވުން ފާޅުކުރައްވަމުންނެވެ. އޭގެތެރޭގައި އެމްޑީޕީ ގެ ބައެއް މެންބަރުން ވެސް ހިމެނެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!