ޚަބަރު

ރައީސް ނަޝީދު އުޅުއްވަނީ ޑްރާމާ ކުޅުއްވަން : މޮސްޓާ

ދެން އެމްވީ ، ދެން އޮންލައިން

ލޮކްޑައުން ގައި މަޖިލިސް ތަޅުމުގައި ޖަލްސާ ބާއްވައިގެން ރައީސް ނަޝީދު އުޅުއްވަނީ ޑްރާމާ ކުޅުއްވަން ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ މެމްބަރު މުޙައްމަދު ނަޝީދު ޢަބުދުﷲ (މޮސްޓާ) ވިދާޅުވެއްޖެއެވެ.

Ads by STELCO

އެމަނިކުފާނު މިހެން ވިދާޅުވީ މިކަމާއި ގުޅިގެން ކުރެއްވި ޓްވީޓެއްގައެވެ.

އެގޮތުން މާދަމާއަށް ޖަލްސާ ތާވަލް ކޮށްގެން މަޖިލިސް ރައީސް މުހައްމަދު ނަޝީދު ކުޅުއްވަން އުޅުއްވަނީ ޑްރާމާ ކަމަށެވެ، އަދި އެމްޑީޕީގެ ޕާލަމެންޓުރީ ގުރޫޕުގެ ލީޑަރު އަލީ އާޒިމް މެން ކުރިން މިކަމާއި ނޫޅުއްވިކަން ފާހަގަކޮށްފައިވެއެވެ.

މޮސްޓާ ވަނީ މަޖިލީހަކީ ޖޯކަކަށް ނުހެދުމަށް އެދިފައެވެ.

އަދި އެމްއެންޑީއެފް އާއި ޕޮލިހުންނާއި ޑޮކްޓަރުން ޑިއުޓީއަށް ނިކުންނަ އިރު ރައްޔިތުންގެ މަޖިލިސް މެންބަރުން ވެސް ނިކުތުމަށް އޭނާ މީގެ ކުރިން ގޮވާލާފައިވާނެ ކަމަށް ވެސް މޮސްޓާ ގެ ޓްވީޓުގައި އޭނާ ވިދާޅުވެފައިވެއެވެ.

މާދަމާ ހެނދުނު 11 އަށް މަޖިލިސް ޖަލްސާއެއް މަޖިލިސް ތަޅުމުގައި ބާއްވަން ތާއިޑު ކޮށްފައިވާއިރު ގިނަ މެންބަރުންނާއި ވަކީލުން އަންނަނީ މިކަމާއި ދެކޮޅަށް ވާހަކަދައްކަވަމުންނެވެ. މީގެ ތެރޭގައި އެމްޑީޕީ އަށް ނިސްބަތްވާ ގިނަ މެންބަރުންވެސް ހިމެނެއެވެ.

މަޖިލީހުގެ ޖަލްސާ ބޭއްވުމަށް ރަސްމީކޮށް ހުށަހަޅާފައި ނެތް ކަމަށް މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުމުގައި އެންއޯއީސީގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވަނި ވިދާޅުވެފައެވެ،

ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ޖަލްސާތައް ނުބޭއްވި އިތުރަށް މަޑު ކުރެވެން ނެތް ކަމަށް ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ އަންގަވާފައެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ތިއްބަވާ ވަޓްސްއެޕް ގްރޫޕްގައި ރައީސް ނަޝީދު ފޮނުއްވި މެސެޖެއްގައި ވަނީ ލޮކްޑައުނާ މެދު އެޗްޕީއޭއިން އަންނަ ބުރާސްފަތި ދުވަހު ގޮތެއް ނިމެން ދެން މަޑުކުރެން ނެތް ވާހަކަ ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް އަންގަވާފައި ވާނެ ކަމަށާއި މާދަމާ ތަޅުމުގައި ޖަލްސާ ބާއްވާނެ ކަމަށެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!