މަޖިލިސް ބޭއްވުމުގެ ހުއްދަ އެޗްޕީއޭ އިން ދީފި
މާދަމާ މަޖިލިސް ތަޅުމުގައި މަޖިލިސް ބޭއްވުމުގެ ހުއްދަ އެޗްޕީއޭ އިން ދީފިއެވެ.
އެޗްޕީއޭއިން މާދަމާގެ ޖަލްސާ ބޭއްވުމުގެ ހުއްދަ މަޖިލީހަށް ދޫކޮށްފައި ވަނީ ޝަރުތުތަކާއެކު އެވެ.
އެޗްޕީއޭ އިން ހުއްދަ ދިނުމުގެ ކުރިން މާދަމާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް މަޖިލީހުގެ ތަޅުމުގައި ބޭއްވުމަށް މަޖިލީހުގެ ރައީސް، މުޙައްމަދު ނަޝީދު ނިންމަވާފައިވާ ކަން ވެސް ފާހަގަކޮށްލަން ޖެހެއެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި މާދަމާ ގެ ޖަލްސާއަށް ދިއުމަށްްޓަކައި ފުލުހުން މިހާރު ދަނީ މެންބަރުންނަށް ހުއްދަ ދޫކުރަމުންނެވެ.
އެޗްޕީއޭއިން މި ހުއްދަ ދީފައި ވާއިރު، ގިނަ މެންބަރުން ތަކެއް ވަނީ އެޗްޕިއޭ ގެ ހުއްދައާނުލާ ޖަލްސާ ބާއްވާތީ އެކަމާއި ނުރުހުން ފާޅުކޮށްފައެވެ. އަދި އެޗްޕީއޭގެ ހުއްދަ ނެތި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް މަޖިލިސް ކުރާ ގޭގައި ބޭއްވުމަކީ ޤާނޫނީ ގޮތުން ކުރެވޭނެ ކަމެއް ނޫން ކަމަށް ވެސް މަޖިލީހަށް ނިސްބަތްވާ ބައެއް ވަކީލުން ވިދާޅުވެފައިވެއެވެ.