Wednesday, 28 October 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

ޕްރެޝާ ބޮޑުވެ މަޖިލިސް ހުޅުވޭނަމަ، ރައްޔިތުންގެ ޕްރެޝަރާ ހެދި މިސްކިތްތައް ހުޅުވުމަށް ގޮވާލައިފި

ބައެއްގެ ޕްރެޝަރ ބޮޑުވެގެން ބައެއް އެއްވުންތައް ބޭއްވުމަށް ހުއްދަ ދެވޭނަމަ ރައްޔިތުންގެ ޕްރެޝާ އާއެކު މިސްކިތްތައް ހުޅުވެން ޖެހޭނެކަމަށް ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒް ވިދާލުވެއްޖެއެވެ.

ޑރ. އިޔާޒް މިހެން ވިދާޅުވީ މަޖިލިސް ތަޅުމުގައި ޖަލްސާ ބޭއްވުމަށް އެޗްޕީއޭ އިން ހުއްދަ ދިނުމާއި ގުޅިގެން ކުރި ޓްވީޓެއްގައެވެ.

އެގޮތުން މިސްކިތްތައް ހުޅުވާލަން ގޮވާލުމަށް ފަހު ޑރ. އިޔާޒް ވަނީ ގާނޫނު ގެ ކުރި މަތީގައި ހުރިހާ އެންމެން ހަމަހަމަވާނެ ކަމަށް ވިދާޅުވެފައެވެ. އަދި މަޖިލިސް ގެ ރައީސް ކަމަށް ވީކަމުގައި ވިޔަސް މިކަމުގައި ވަކި ގޮތެއް އޮވެގެން ނުވާނެ ކަމަށް ޑރ. އިޔާޒް ވިދާޅުވިއެވެ.

Advertisement
Ooredoo — Truecaller (box)

މި މަހުގެ 28 ވަނަ ދުވަހު ލޮކްޑައުންގެ މުއްދަތު ހަމަވާއިރު، ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ޖަލްސާތައް ނުބޭއްވި އިތުރަށް މަޑު ކުރެވެން ނެތް ކަމަށް ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ އަންގަވާފައިވަނީ އެޗްޕީއޭގެ ހުއްދަނެތި ކަމުގައި ވީ ނަމަވެސް އެޗްޕީއޭ އިން ވަނީ ޖަލްސާ ބޭއްވުމުގެ ހުއްދަ ފަހުން ދީފައެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް