ޚަބަރު

މާސްކް އަޅައި، ގައިދުރުކުރުމާ އެކު މަޖިލިސް ތަޅުމުގައި ޖަލްސާ ފަށައިފި

ދެން އެމްވީ ، ދެން އޮންލައިން

ރައްކާތެރި ކަމުގެ ފިޔަވަޅުތަކާއި އެކު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ މަޖިލީހުގެ ތަޅުމުގައި ފަށައިފި އެވެ.

Ads by Sosun Fihaara

މަޖިލީހުގެ ތަޅުމުގައި ޖަލްސާތައް ބޭއްވުމަށް ނިންމައި މިއަދުގެ ޖަލްސާ ފެށީ ތަޅުމަށް މެމްބަރުން އެއްވެ އެވެ. މިއަދުގެ ޖަލްސާ ފެށިއިރު ތަޅުމުގައި 47 މެންބަރުން ހާޒިރުވެ ތިއްބެވި އެވެ. އޭގެ ތެރެއިން 42 މެންބަރުން ތިއްބެވީ މޭޒު ކައިރީގަ އެވެ. ދެން ތިއްބެވީ ވަކިން ގޮނޑިއެއް ކައިރިގަ އެވެ.

މިއަދުގެ ޖަލްސާގައި އެޖެންޑާ ކޮށްފައި އޮތީ ޤާނޫނުއަސާސީ އިސްލާހު ކުރުމުގެ މައްސަލައެވެ.

މަޖިލިހުގެ ތަޅުމުގައި ޖަލްސާ ބޭއްވުމުގެ ހުއްދަ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ދީފައި ވަނީ ވަކި ޝަރުތުތަކާ އެކުގައެވެ. އެގޮތުން އެއް ކަމެއްގެ ގޮތުގައި ފާހަގަކޮށްފައި ވަނީ މަޖިލިހުގެ އިދާރާ އަށް ވަނުމުގެ ކުރިން ހުން ހުރިތޯ ޗެކް ކުރެއްވުމެވެ. އަދި ކޮވިޑް-19 ގެ އެއްވެސް އަލާމާތެއް ހުރި ބޭފުޅެއް ނަމަ، ޖަލްސާ އަށް ވަޑައިގަންނަވައިގެން ނުވާނެ ކަމަށް ވެސް އެޗްޕީއޭ އިން ޝަރުތު ކުރިއެވެ.

މާލޭގެ ލޮކްޑައުން އަންނަ ބުރާސްފަތި ދުވަހު ހަމަވާއިރު ލޮކްޑައުން އިތުރު ކުރުމާ ގުޅޭ ގޮތުން އަދި ގޮތެއް ނުނިންމަ އެވެ. ސަރުކާރުން ބުނެފައި ވަނީ އެ މުއްދަތު ހަމަވުމުން ލުއިތަކެއް ދޭން ނިންމާފައިވާ ކަމަށެވެ. ނަމަވެސް ދޭނެ ލުއިތަކުގެ މާ ބޮޑު ތަފުސީލުތަކެއް އަދި އާންމެއް ނުކުރެ އެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!