ޚަބަރު

ކޮވިޑް ނެތް ރަށްތަކުގައި ކުޅިވަރު ކުޅުމުގެ ހުއްދަ ދީފި

ދެން އެމްވީ ، ދެން އޮންލައިން

ކޮވިޑް ނެތް ރަށްތަކާއި މޮނީޓަރިންގެ ހާލަތު ނިމި 14 ދުވަސް ވެފައިވާ ރަށްތަކުގެ ކައުންސިލްތަކުން އެ ރަށް ރަށުގައި ކުޅިވަރު ކުޅުމުގެ ހުއްދަ ދިނުމާމެދު އިއުތިރާޒެއް ނެތް ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ އާއި ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕުން ބުނެފައިިވާ ކަމަށް ޔޫތު މިނިސްޓްރީން ބުނެފި އެވެ.

Ads by MWSC

ޔޫތު މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ފެތުރިފައި ނުވާ ރަށްތަކާއި މޮނީޓަރިންގެ ހާލަތު ނިމި 14 ދުވަސް ވެފައިވާ ރަށްތަކުގައި ކުޅިވަރު ކުޅުމުގެ ހުއްދައަށް ގިނަ އަދަދެއްގެ ޒުވާނުން އެދެމުން އަންނާތީ އެކަމާ ގުޅޭގޮތުން އެޗްޕީއޭ އާއި ޓެގް ޓީމާއެކު މަޝްވަރާކޮށްފައިިވާ ކަމަށެވެ.

އަދި ރަށު ކައުންސިލްތަކުން އެރަށެއްގައި ކުޅިވަރު ކުޅުން މަނާކުރި އުސޫލުގެ ދަށުން، ބަލި ފެތުރިފައި ނުވާ ރަށްތަކާއި މޮނީޓަރިންގެ ހާލަތު ނިމި 14 ދުވަސް ވެފައިވާ ރަށްތަކުގެ ކައުންސިލްތަކުން އެ ރަށް ރަށުގައި ކުޅިވަރު ކުޅުމުގެ ހުއްދަ ދިނުނާމެދު އިއުތިރާޒެއް ނެތް ބުނެފައިވާ ކަމަށެވެ.

އެހެން ނަމަވެސް ގިނަ ބަޔަކު އެއްވެގެން ކުޅިވަރު ކުޅުން ފަދަ، ގިނަ ބަޔަކު އެއްވެގެން ހިންގާ އެއްވެސް ހަރަކާތަކަށް ހިތްވަރު ނުދޭ ކަމަށާއި ގައިދުރުކަމަށް އިސްކަންދޭން ހިތްވަރުދޭ ކަމަށް ޓެގް ޓީމުންނާއި އެޗްޕީއޭ އިން ފާހަގަކޮށްފައިވާ ކަަމަށް ބަޔާނުގައިވެއެވެ.

އަދި މޮނިޓަރިންގެ ހާލަތުން ނެގިފައިވާތާ 14 ދުވަސް ވެފައިވާ ރަށްތަކުގައިި ކުޅިވަރު ކުޅުމުގެ ހުއްދަ ދިން ނަމަވެސް، ކޮންމެ ވަގުތެއްގައި ވެސް ކުޅިވަރު ކުޅޭ ތަންތަން އަލުން ބަންދުކުރަން ޖެހިދާނެ ކަމަށް ވެސް ކަމާބެހޭ ފަރާތްތަކުން ވަނީ ބުނެފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!