ޚަބަރު

ކޮވިޑަށް ދޭ ފަރުވާއެއްގެ ގޮތުގައި މެލޭރިއާ ބޭސް ބޭނުން ކުރުން ޑަބްލިއުއެޗްއޯ އިން މަނާ ކޮށްފި

ދެން އެމްވީ ، ދެން އޮންލައިން

މެލޭރިއާ ޑްރަގް ކޮވިޑް-19 ފަރުވާއެއް ގެ ގޮތުގައި ބޭނުން ކުރުން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން މަނާ ކޮށްފި އެވެ.

Ads by Sosun Fihaara

ހޯމަ ދުވަހު ޖެނީވާގައި ޑަބްލިއުއެޗްއޯގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެ ޖަމިއްޔާގެ ޑިރެކްޓަރު ޖެނެރަލް ޑރ. ޓެޑްރޮސް އާދަނޮމް ގެބްރެޔޭސަސް ވިދާޅުވީ އާންމުކޮށް މެލޭރިއާ ބައްޔައް ފަރުވާ ދިނުމަށް ބޭނުން ކުރާ ހައިޑްރޮއޮކްސިކްލޮރޮކީން އަކީ ކިހާ ރައްކާތެރި ބޭހެއްތޯ ކަށަވަރު ވަންދެން އެ ބޭސް ކޮވިޑް-19 ފަރުވާއެއް ގެ ގޮތުގައި ބޭނުން ކުރުން މެދުކަނޑާލެވިފައިވާ ކަމަށެވެ.

ޑަބްލިއުއެޗްއޯ އިން ކުރިން ވަނީ މެލޭރިއާ ބޭސް ކްލިނިކަލް ޓްރައަލް ތަކުގައި ނޫން ގޮތަކަށް ބޭނުން ކުރުމަކީ އެކަށީގެންވާ ކަމެއް ނޫން ކަމުގައި ވިދާޅުވެފަ އެވެ.

ޑރ. ޓެޑްރޯސް މިހެން ވިދާޅުވެފައި ވަނީ އެމެރިކާ ގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހައިޑްރޮއޮކްސިކްލޮރޮކީން ކޮވިޑް-19 އިން ރައްކާތެރިވުމަށް ބޭނުން ކުރާތާ ހަފްތާ އަކަށް ވުރެ ގިނަ ދުވަސް ވެފައިވާ ކަމަށް ވިދާޅުވެފައި ވަނި ކޮށެވެ. މިހާރު އެ ބޭސް ނެގުން ހުއްޓާލާފައިވާ ކަމަށް ބުނި ޓްރަމްޕް ވަނީ މީގެ ކުރިން ވެސް ކޮވިޑް-19 އިން ރައްކާތެރި ވުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން ހައިޑްރޮއޮކްސީކްލޮރޮކީން ބޭނުން ކުރުން ރަނގަޅު ވާނެ ކަމަށް ވިދާޅުވެފަ އެވެ.

ޓްރަމްޕް އެހެން ވިދާޅުވުމުން ސައިންޓިސްޓުންނާއި ސިއްހީ މާހިރުން ވަނީ މި ބޭހުން ކޮވިޑް-19 ޖެހުމުން ދުރުކޮށްދޭތޯ ބަލާ ދިރާސާތަކަކާއި ޓެސްޓު ތަކެއް ހަދާފަ އެވެ. އަދި މި ބޭސް ބޭނުން ކުރުމުން ކޮވިޑް-19 އިން ރައްކާތެރިކޮށްދޭ ކަމުގެ އެއްވެސް ހެއްކެތް ނެއްކަމަށާއި، މި ބޭސް ބޭނުން ކޮށްފިނަމަ ސިއްހަތައް ނުރައްކަލަކަށްވެ، ހިތުގެ މައްސަލަތއް ޖެހުން އެކަށީގެންވާ ކަމަށް ދިރާސާ ތަކުން ހެދި ސައިންސުވެރިން ވަނީ ބުނެފަ އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!