ސަރުކާރުގެ ހުރިހާ ގުނަވަނެއް ޕެރެލައިޒްވެ މިވަގުތު އޮތީ ސެކަންޑް ހޭންޑު ވެންޓިލޭޓަރެއްގައި: އަދުރޭ
ސަރުކާރުގެ ހުރިހާ ގުނަވަނެއް ޕެރެލައިޒްވެ މިވަގުތު އޮތީ ސެކަންޑް ހޭންޑު ވެންޓިލޭޓަރެއްގައި ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެ އެވެ.
އަދުރޭ ކުރެއްވި ޓްވީޓެއްގައި މިއަދު ވިދާޅުވީ ސަރުކާރުގެ ހުރިހާ ގުނަވަނެއް މިހާރު ޕެރެލައިޒްވެ، ސަރުކާރު މިވަގުތު އޮތީ ސެކަންޑް ހޭންޑް ވެންޓިލޭޓަރެއްގެ އެހީގައި ކަމަށެވެ.
"ޕެރެލައިޒްވެފައި ހުރި ގުނަވަންތަކަށް ފަރުވާ ކުރަންދާ ހަރަދަށްވުރެ ވެންޓިލޭޓަރު ރިޕެއާ ކުރަން ކުރަން ޖެހޭ ހަރަދު މާ ބޮޑު." އަދުރޭ ސިފަ ކުރެއްވި އެވެ.
Mi sarukaaruge hurihai gunavaneh mihaaru mi vanee paralyse vefa.sarukaaru mi vaguthu othee secon-hand ventilatorehga eheega. paralyse vefa huri gunavanthakah faruvaa kurandhaa kh’aradhah vure ventilator repair kuran kuran jehey kh’aradhu maa bodu @DhiyaresNews @VaguthuOnline
— Abdul Raheem Abdulla (@Banafsaa) May 26, 2020
އަދުރޭ ވަނީ ބަރުލަމާނީ ނިޒާމް ގެނައުމަށް އެމްޑީޕީއާއެކު އިދިކޮޅުން މަޝްވަރާކޮށްފައިވާ ކަމަށް ދެކެވޭ ވާހަކަތައް ވެސް ދޮގު ކުރައްވާފައެވެ.
އަދުރޭ ވިދާޅުވީ ވެރިކަމުގެ ނިޒާމް ބަރުލަމާނީ ނިޒާމަކަށް ފުރޮޅައިލަން ތާއީދު ކުރަން ޕީޕީއެމާއި ޕީއެންސީން ނިންމާފައި ނުވާ ކަމަށެވެ. އިދިކޮޅުގެ މަސައްކަތަކީ ސަރުކާރުން ހަދާ ގޯސްތައް ރައްޔިތުންނަށް ތިލަކޮށްދިނުމާއި ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަންކޮށް އަލުން އެ މަނިކުފާނު ވެރިކަމަށް ގެނައުން ކަމަށެވެ.