މުނިފޫހިފިލުވުން

ރައްޔިތުންގެ ރައްކާތެރިކަން އިސްކޮށް، "ނޮވެމްބަރ" ފަސްކޮށްފި!

ދެން އެމްވީ ، ދެން އޮންލައިން

ފޮނި އުންމީދުތަކަކާއެކު ބެލުންތެރިންނަށް މިއަހަރުގެ ޖުލައި މަހުގެ 6 ވަނަ ދުވަހު ޕްރިމިއާ ކުރުމަށް ހަމަޖެހިފައިވާ ޑާކްރެއިން އެންޓަޓެއިންމެންޓްގެ "ނޮވެމްބަރ"، އަންނަ އަހަރަށް ފަސްކޮށްފިއެވެ.

Ads by Sosun Fihaara

މިކަން އިއުލާނު ކުރަމުން ޑާކްރެއިންގެ ބާނީ މުޙައްމަދު އަލީ (މޮގާ) ބުނީ ފެތުރެމުން މިދާ ކޮވިޑް-19 ގެ ސަބަބުން ރައްޔިތުންގެ ސަލާމަތާއި ރައްކާތެރި ކަމަށް ވިސްނާފައި ޑާކްރެއިންގެ "ނޮވެމްބަރ" އަންނަ 2021 ވަނަ އަހަރުގެ ކުރީކޮޅުގައި ދެއްކުމަށް ފަސްކޮށްފައިވާ ކަމަށެވެ.

ޑާކްރެއިންއިން އަބަދުވެސް އެންމެ އިސްކުރާނީ ރައްޔިތުންގެ ރައްކާތެރިކަމަށް ކަމަށްވެސް މޮގާ ބުނެފައިވެއެވެ.

ލޯބީގެ ވާހަކައެއްގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ "ނޮވެމްބަރ" ގެ ލީޑް ރޯލުން ފެނިގެންދާނީ މަރިޔަމް މަޖުދާ (މަޖޫ) އަދި ޖުމައްޔިލް ނިމާލް އެވެ.

މިފިލްމުގެ ޝޫޓިން ނަގާފައިވަނީ މާލެ، އައްޑޫސިޓީ އަދި ސިންގަޕޫރުގައެވެ.

އައިޝަތު ފުވާދު ތައުފީޤް އަދި އަހުމަދު ތޮލާލް ގެ މޮޅު ސްކްރިޕްޓަކަށް ތައްޔާރުކޮށްފައިވާ މިފިލްމު ޑައިރެކްޓު ކޮށްފައިވަނީ އައިޝަތު ފުވާދު ތައުފީޤް އަދި އަލީ ޝިޕާއު (ޗިއްޕެ) އެވެ. ފިލްމުގެ ޕްރޮޑިއުސަރުންނަކީ މޮގާ އަދި އައިޝަތު ފުވާދެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!